ފުޓުބޯޅަ ތަރި މެސީ ކެރެލާގެ ޓްރިވެންޑްރަމަށް

ދުނިޔޭގެ ކުޅިވަރު ސުޕަރ ސްޓާރ ލިއޯނެލް މެސީގެ ލީޑަރޝިޕްގެ ދަށުން އާޖެންޓީނާގެ ޤައުމީ ފުޓްބޯޅަ ޓީމް 2025 ވަނަ އަހަރުގެ އޮކްޓޯބަރު ނުވަތަ ނޮވެމްބަރު މަހު ކެރަލާއަށް ޒިޔާރަތްކޮށް ފްރެންޑްލީ މެޗެއް ކުޅޭނެ ކަމަށް ކެރަލާގެ ކުޅިވަރު ވަޒީރު ވީ. އަބްދުއްރަޙްމާން މިއަދު އިއުލާން ކުރައްވައިފިއެވެ. މި ބޮޑު އިވެންޓާ ގުޅޭގޮތުން ކެރަލާގައި މަސްތަކެއް ވަންދެން ބަހުސްކޮށް ކުރިމަތިވި ޝައްކުތަކަށް މިއަދު ވަނީ ނިމުމެއް ގެނަސްދެއްވާފައެވެ.

ނޫސްވެރިންނާ ބައްދަލު ކުރައްވައި މިކަން އިޢުލާން ކުރެއްވިއިރު، އަބްދުއްރަޙުމާން ވިދާޅުވީ މި އިވެންޓްގެ ސްޕޮންސަރު ކަމުގައިވާ ރިޕޯޓަރ ބްރޯޑްކާސްޓިންގ ކުންފުންނަށް މެޗަށް ދައްކަންޖެހޭ ފައިސާވެސް މިހާރު ދައްކައި ނިންމާފައިވާ ކަމަށެވެ.

މިއާއެކު، ވޯލްޑް ކަޕްގެ ޗެމްޕިއަނުން ތިރުވަނަންތަޕުރަމްގެ ގްރީންފީލްޑް އިންޓަނޭޝަނަލް ސްޓޭޑިއަމްގައި ކުޅޭނެކަން ޔަގީންވީއެވެ.

މި މެޗް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު ނޫނީ ނޮވެމްބަރުގައި ފީފާއިން ފްރެންޑްލީ މެޗުތަކަށް ކަނޑައަޅާފައިވާ ދުވަސްވަރުގައި ކަމަށްވެސް އަބްދުއްރަޙުމާން ވިދާޅުވިއެވެ.

މެސީގެ ޓީމު ކެރެލާއަށް އަންނާނީ ކެރަލާ ސަރުކާރުގެ މެހުމާނުންގެ ގޮތުގައެވެ. ޓީމުގެ ސެކިއުރިޓީއާއި ހުރުމާއި ކެއުން އަދި އެހެނިހެން އިންތިޒާމުތައް ވެސް ސަރުކާރުން ހަމަޖައްސައި ދޭނެއެވެ.

ހިއްސާ ކުރައްވާ!