އިނގިރޭސި ލިޔުންތެރިޔާ ފްރެޑްރިކް ފޯސިތު ނިޔައުވެއްޖެ

ފިލްމު "ދަ ޑޭ އޮފް ދަ ޖެކަލް" އަކީ އަހަރުގެ އެންމެ މަޝްހޫރު ފިލްމެވެ. އަދި އޭގެ ޒަމާނުގައި އެންމެ މަގްބޫލު އެއްވާހަކަވެސް މެއެވެ. މިވާހަކަ ލިޔެގެން މަޝްހޫރުވި އިނގިރޭސި ލިޔުންތެރިޔާ ފްރެޑްރިކް ފޯސިތު އުމުރުން 86 އަހަރުގައި އިއްޔެ ނިޔައުވެއްޖެއެވެ.

ފޯސިތުއަކީ، އާރްއޭއެފްގެ ޕައިލެޓަކުން ނޫސްވެރިއަކަށް ބަދަލުވެ، ވާހަކަ ލިޔުންތެރިކަމަށް މަޝްހުރުވެގެން ދިޔަ ނަމެކެވެ.

އޭނާގެ ފުރަތަމަ ވާހަކައަށް ޚިޔާލު ހޯދާފައި ވަނީ ފިނިހަނގުރާމައިގައި 1962 ވަނަ އަހަރު ފްރާންސްގެ ފުރަތަމަ ރައީސް ޗާލްސް ޑި ގޯލް އަވަހާރަކޮށްލަން އުޅުނު ހާދިސާތައް ކަވަރު ކުރުމުގެ ތެރޭގައެވެ.

އެ ހާދިސާއަށް އޭނާ ލިޔުނު ފޮތަށްފަހު އެވާހަކަ ފިލްމަކަށް އަދި ފަހުން ސިލްސިލާއަކަށް ބަދަލުވިއެވެ.

ޖުމުލަ 25 އެތައް ވާހަކައެއް ލިޔެފައިވާ އިރު ކޮންމެ ވާހަކައެއްގެ ވެސް އެތައް މިލިއަން ކޮޕީއެއް ވިކިފައި ވެއެވެ. އޭގެ ތެރޭގައި ދަ އޮޑެސާ ފައިލް އާއި ދަ ޑޯގްސް އޮފް ވޯ ފަދަ ވާހަކަތައް ހިމެނެ އެވެ.

އޭނާގެ އެންމެ ފަހުގެ ވާހަކަ "ރިވެންޖް އޮފް އޮޑެސާ" ރިލީޒް ކުރަން ހަމަޖެހިފައިވަނީ މިހިނގާ 2025 ވަނަ އަހަރުގެ އޮގަސްޓް މަހު އެވެ.

ހިއްސާ ކުރައްވާ!