ޚިތާނު ކުރުން ދިފާއު ކުރުމަށް ޔަހޫދީންނާއި މުސްލިމުން އެއްގަލަކަށް އަރައިފި

އިނިގިރޭސިވިލާތުގެ ސެއިންޓް ބްރައިޑްސް ޗާޗުގައި ޚިތާނު ކުރުމާ ބެހޭ ގޮތުން ބަހުސެއް ބާއްވައިފިއެވެ. މި ބަހުސް އިންތިޒާމުކޮށްފައި ވަނީ ޔޫކޭގެ ނޭޝަނަލް ސެކިއުލަރ ސޮސައިޓީ އެންޑް ޑިބޭޓް ލަންޑަން އިން ނެވެ.

މި ބަހުސްގައި ޚިޔާލު ނުކުރުގެ މުހިންމު ކަމާއި އެކަން ދިފާއުކޮށް ވާހަކަ ދައްކާފައި ވަނީ ބްރިޓިޝް އެސޯސިއޭޝަން އޮފް މުސްލިމުންގެ ފަރާތުން ހަފްސާ ހާރޫން އިގްބާލް އެވެ. އަދި ޔަހޫދީންގެ ފަރާތުން އެމީހުންގެ ރާބާއީ ޖޮނަތަން ރޮމޭން އެވެ.

ޔަހޫދީ ފާދިރީއާއި ހަފްސާ ހާރޫނު ބުނެފައި ވަނީ ޚިތާނު ކުރުމަކީ 4 ހާސް އަހަރު ވެފައިވާ އިބްރާހީމީ ދީނީ  ސަގާފަތެއް ކަމަށާއި އެކަން ކުރަނީ ކަމުގެ ތަޖުރިބާ ލިބިފައިވާ މާހިރުންނާއި ސިއްޙީ ދާއިރާގެ ޕްރޮފެޝަނަލުން ކަމަށެވެ.

މި ދެ މީހުން ވެސް ވަނީ ޔޫރަޕްގައި ބައެއް ނަސާރާއިން މިކަމުގެ ސަބަބުން މީހާގެ ޖިންސީ ހައްސާސްކަމަށް އުނިކަމެއް އަންނަ ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދީ، އެޗްއައިވީން ސަލާމަތް ވުމާއި ބަލިތައް އަށަގަތުން ކޮންޓްރޯލު ކުރުމަށް ޚިޔާނުގެ މުހިންމު ކަން ދިފާއު ކޮށްފައެވެ.

ޚިތާނު ކުރުން ޔޫރަޕްގައި ބަހުސަކަށް ވެފައި ވަނީ ބައެއް ގައުމުތަކުގައި ތަމްރީނު ލިބިފައި ނުވާ ޔަހޫދީން މީހުން ޚިޔާނު ކުރަން އުޅެގެން މައްސަލަތައް ދިމާ ވުމާ ގުޅިގެންނެވެ.

ހިއްސާ ކުރައްވާ!