ޑެރެން ޖީ ލިލެކަރ އާއި ބިލޫރު އަސްލާން އޮޒްގުލް ލިޔެފައިވާ ފޮތް "ދަ ސައިކޮލޮޖީ އޮފް ޑިމޮކްރަސީ" ފާރިސީ ބަހަށް ތަރުޖަމާ ކޮށް މިއަދު ނެރެފިއެވެ.
ފާރިސީ ބަހަށް މި ފޮތް ތަރުޖަމާ ކޮށްފައިވަނީ 159 ސަފްހާގައި ނާޒީ އަކްބަރިއެވެ.
"ދަ ސައިކޮލޮޖީ އޮފް ޑިމޮކްރަސީ" ގައި ކިޔައި ދީފައ ވަނީ ސިޔާސީ ކަންކަމުގައި މީހުން ބައިވެރިވުމާއި ބައިވެރިވާ ސަބަބުތަކުގެ ފަހަތުގައިވާ ނަފްސާނީ ބޭނުންތަކާއި އަސާސްތަކެވެ. މިއީ ސިޔާސީ ކެމްޕޭންތަކާއި މީޑިއާއިން މީހުންނަށް ފޯރުވާ ނުފޫޒު ގެ ވާހަކަ ތަފްސީލުކޮށްދީފައިވާ ފޮތެކެވެ.
މި ފޮތުގައި އެމެރިކާއާއި ހުޅަނގުން އިންޖިނިއާ ކުރި އަރަބި ރަބީޢުގެ ބަޣާވާތާއި ހަމަނުޖެހުމާއި ޔޫކޭ ޔޫރަޕްގެ ޖަމާއަތުން ބޭރުވާން ވެގެން ބޮރިސް ޖޯންސަން އަޑީގައި އޮވެގެން ހިންގި ނާކާމިޔާބު ބްރެކްސިޓް ކެމްޕޭނާއި، އެމެރިކާ ފުލުހުން ކަރަށް ފިއްތައިގެން މަރާލި ޖޯޖް ފްލޮއިޑްއާ ބެހޭ ބްލެކް ލައިވްސް މެޓަރ އާއި، ތްރަމްޕް ބަޣާވާތެއް ގެންނަން އުޅުނު އެމެރިކާ 2020 ގެ އިންތިޚާބާއި، ކޯވިޑް-19 ގެ ބަލިމަޑުކަން ފަދަ މައުޟޫއީ އަދި ހަގީގީ ސިޔާސީ ހާދިސާތައް ތަހުލީލުކޮށް ގެނަސްދީފައި ވެއެވެ.
ލިލެކަރ އާއި އޮޒްގުލް ކިޔުންތެރިން ގޮވައިގެން ސިޔާސީ ޚަބަރުތަކާއެކު ދަތުރުކޮށްދެނީ ސަރުކާރުގެ ސިޔާސަތާއި ސަރުކާރުތަކުން އަޅާ ފިޔަވަޅާ ދެކޮޅަށް މުޒާހަރާ ކުރުމަށް މަގުމައްޗަށް ނުކުތުމަށް މީހުންގެ ސިކުނޑި ބައްޓަންކޮށްދޭ ކޮގްނިޓިވް ޕްރޮސެސްތައް ހޯދަމުންނެވެ.
ޓްރަމްޕް ފަދަ ޕްރޮޕެގެންޑާ ކޮށް މަބޮޑޭ ހެދިގެން އުޅޭ ޕޮޕިއުލިޒަމްގެ ސިޔާސީ ލީޑަރުންގެ ޒަމާނެއްގައި "ދަ ސައިކޮލޮޖީ އޮފް ޑިމޮކްރަސީ" އިން ދައްކުވައިދެނީ ވަރުގަދަ އަދި ދުޅަހެޔޮ ޑިމޮކްރަސީއެއް މިކަހަލަ މީހުން ރޫޅާލާ ގޮތެވެ.
ޑެރެން ޖީ ލިލެކަރ އަކީ އިނގިރޭސިވިލާތުގެ ބޯންމައުތު ޔުނިވާސިޓީގެ ޕޮލިޓިކަލް ކޮމިއުނިކޭޝަންގެ އެސޯސިއޭޓް ޕްރޮފެސަރެކެވެ. އަދި އޭނާއަކީ އޭގެ އިތުރުން "ޕޮލިޓިކަލް ކޮމިއުނިކޭޝަން އެންޑް ކޮގްނިޝަން" ގެ މައުޟޫއަށް ލިޔާ މީހެކެވެ.
ބިލޫރު އަސްލާން އޮޒްގުލް އަކީ އިނގިރޭސިވިލާތުގެ ލަންޑަންގެ ބްރޫނެލް ޔުނިވާސިޓީގެ ޕޮލިޓިކަލް ކޮމިއުނިކޭޝަންގެ ލެކްޗަރާއެއްގެ އިތުރުން "ލީޑިންގ ޕްރޮޓެސްޓްސް އިން ދަ ޑިޖިޓަލް އޭޖް: ޔޫތު އެކްޓިވިޒަމް އިން އީޖިޕްޓް އެންޑް ސީރިއާ" ފޮތުގެ މުސައްނިފުވެސް މެއެވެ.






