އިރާގަށް އަރައިގަތް އިރު އެމެރިކާއިން ހެދި ދޮގުތައް މިހާރުވެސް ތަކުރާރުކޮށް، ސަލާމަތީ މަޖިލިސް މެމްބަރުންނަށް ފުލޯކު ވާހަކަތައް ކިޔައިދޭން މަސައްކަތް ކުރަނީ ކަމަށް ބުނެ އެމެރިކާގެ އޮޅުވާލުމަށް ރަޝިޔާއިން ރައްދު ދީފިއެވެ. އީރާނަށް އެމެރިކާއިން ދީފައިޥާ ޓެރަރިސްޓް ހަމަލަ ބަހުސްކުރުމަށް ސަލާމަތީ މަޖިލީހުގައި އިއްޔެ އޮތް ބައްދަލުވުމުގައި ވާހަކަ ދައްކަމުން، ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިއާ ވަނީ 2003 ވަނަ އަހަރު އިރާގަށް ހަމަލަ ދިނުމަށް އޮޅުވާލައިގެން އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ކޮލިން ޕަވަލް ސަލާމަތީ މަޖިލީހަށް އައި ގޮތް ސިފަ ކޮށްދެއްވާފައެވެ. އަދި މިހާރުވެސް އެމެރިކާއިން ފިލާވަޅެއް ލިބި ނުގަނެ، އެފަދަ ދޮގު ވާހަކަތައް ދުނިޔެއަށް ފަތުރައި މީހުންގެ ބޯކާލަން އުޅެނީކަމަށް ރަޝިޔާ ސަފީރު ވިދާޅުވިއެވެ.
"މެދުއިރުމަތީގެ އެތައް މިލިއަން ބަޔަކަށް އަނެއްކާވެސް ގެއްލުން ދިނުމަށް އެމެރިކާގެ ޚިޔާލީ ފޮލާތަށް ގަބޫލުކުރަން އަޅުގަނޑުމެންގެ ގާތުން އެދެމުން މިދަނީ. މިކަމުން ދޭހަވަނީ، އަޅުގަނޑުމެންގެ އެމެރިކާގެ އެކުވެރިންނަށް އެއްވެސް ފިލާވަޅެއް ދަސްވެފައި ނުވާ ކަން" ރަޝިޔާގެ ސަފީރު ވަސިލީ ނެބެންޒިއާ ވިދާޅުވި އެވެ.

އެމެރިކާގެ އުދުވާނީ ހަމަލަ ބަހުސްކުރުމަށް އާދީއްތަ ދުވަހު ސަލާމަތީ މަޖިލީހުގެ ބައްދަލުވުމަކަށް އީރާނުން އެދުނެވެ. އީރާނުގެ ދާއިމީ މަންދޫބު އަމީރު ސައީދު އިރާވާނީ އިތުރަށް ވިދާޅުވީ ސުލްހަވެރި ނިއުކްލިއާ ހަކަތަ އުފެއްދުމުގެ ހައްގަކީ ހުރިހާ ފަރާތްތަކެއްގެ ޝަރުއީ ހައްގެއް ކަމަށްވާއިރު އެހައްގު ކަށަވަރު ކުރުމުގެ ބަދަލުގައި ނިއުކްލިއަރ ފެތުރުން މަނާ ކުރާ މުއާހަދާ ބޭނުން ކޮށްފައިވަނީ އުދުވާނީ ހަމަލަތައްދީ، ގާނޫނާ ހިލާފު ޖަރީމާތައް ހިންގުމަށް ބަހަނާއެއްގެ ގޮތުގަ އެވެ.
އދ.ގައި ހުންނަވާ އެމެރިކާގެ ވަގުތީ ސަފީރު ވަނީ އީރާނުން އިޒްރޭލު ނައްތާލަން އުޅޭ ކަމަށް ސިފަ ކޮށްދީފައެވެ. މިހިނދު ފެންނަން ހުރި އަލާމާތްތަކުންނާއި އެމެރކާއާއި އިޒްރޭލުގެ ވެރިންގެބަޔާންތަކުން އެނގެނީ އެމެރިކާއާއި އިޒްރޭލުން އުޅެނީ އީރާނު ނައްތާލާށެވެ.
އީރާނުގެ ސަފީރު ވިދާޅުވީ "ހަނގުރާމައިގެ މުޖުރިމު ބެންޖަމިން ނަތަންޔާހޫ އަނެއްކާވެސް އެމެރިކާ ހޭދަ ބޮޑު ހަނގުރާމައަކަށް ވައްދާލުމުގައި ކާމިޔާބު ހޯދާފައިވާ" ކަމަށާއި، ވޮޝިންޓަނުން އަނެއްކާވެސް ސަލާމަތާއި ރައްކާތެރިކަން ގުރުބާންކޮށް އިޚްތިޔާރު ކޮށްފައި މިވަނީ ހަމައެކަނި ނަތަންޔާހޫ ހިމާޔަތް ކުރުމަށް ކަމަށް ފާހަގަ ކުރެއްވިއެވެ.
އީރާނުގެ ނިއުކްލިއާ ސައިޓްތަކަށް އަމާޒުކޮށްގެން އެމެރިކާއިން ދން ހަމަލާތަކަށް އެކަށީގެންވާ ރައްދު އީރާނުން ދޭނެ ކަމަށާއި އެ ހަމަލަތައް ދޭނެ ވަގުތާއި ޒާތާއި މިންވަރު ފަހުން ކަނޑައަޅާނެ ކަމަށް ސަލާމަތީ މަޖީލަށް އިރާވާނީ ވިދާޅުވެ ދެއްވިއެވެ.

