ޕާކިސްތާނުގެ ލާހޯރުގައި އޮކްޓޯބަރު މަހުގެ 7 ން 9 ށް ބޭއްވުމަށް ހަމަޖެހިފައިވާ 41 ވަނަ "ޕާކިސްތާން އިންޓަރނޭޝަނަލް ހޭންޑްމޭޑް ކާޕެޓް އެގްޒިބިޝަން 2025″ ގައި ދިވެހި އުފެއްދުންތައް ބައިވެރިކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ލާހޯރުގެ ޕާލް ކޮންޓިނެންޓަލް ހޮޓެލްގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މައުރަޒަކީ ދިވެހި ވިޔަފާރިތަކަށް އެފަރާތްތަކުގެ އުފެއްދުންތައް އިޝްތިހާރުކޮށް މާކެޓްކުރުމަށް ލިބޭ ފުރުސަތެކެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާން ޖެހެއެވެ. އަދި ރަޖިސްޓްރީ ވުމަށްފަހު، އެޕްރޫވަލް ލިބޭ ފަރާތްތަކަށް ތިން ރޭގެ ހިލޭ ހުރުމުގެ އިންތިޒާމު ވެސް ހަމަޖައްސައި ދެއެވެ.
މި މައުރަޒުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 2025 ވަނަ އަހަރުގެ އޮގަސްޓް 14 ވަނަ ދުވަހުގެ ކުރިން international@trade.gov.mv އަށް އެޕްލިކޭޝަން ފޮނުވަން ޖެހެއެވެ.
މި މައުރަޒަކީ ދިވެހި އުފެއްދުންތެރިންނަށް ބައިނަލްއަޤްވާމީ މާކެޓަށް ތައާރަފްކޮށް ވިޔަފާރީގެ އައު ގުޅުންތައް ޤާއިމުކުރުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމުގައި ބެލެވެއެވެ.