އިސްރާއީލު މީޑިއާގެ ރިޕޯޓެއްގައި ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލާއި އީރާނާ ދެމެދު ހިނގި ހަނގުރާމައިގެ ފަހުން ބޭރުގެ އިންވެސްޓަރުން އިސްރާއީލުގެ ހިއްސާގެ ބާޒާރުގައި ކުރާ އިންވެސްޓްމަންޓްތައް ވަނީ ވަރަށް ބޮދަށް މަދުކޮށްފައެވެ.
"މިއީ ކަންބޮޑުވާ ކަމެއް.. އީރާނާއެކު ކުރިމަތިލުމަށްފަހު ބޭރުގެ އިންވެސްޓަރުން ސްޓޮކް މާކެޓުން 2 ބިލިއަން ޝެކެލްގެ ހިއްސާ ވިއްކާލައިފި" މި ސުރުޚީގެ ދަށުން، އިޒްރޭލުގެ އިދިކޮޅު ނޫހުގައި ބުނެފައިވަނީ، މިއަހަރު ފުރަތަމަ ފަހަރަށް، ބޭރުގެ އިންވެސްޓަރުން އިސްރާއީލުގެ ސްޓޮކް މާކެޓުގައި ކުރާ އިންވެސްޓްމަންޓްތައް 2025 ޖޫން މެދުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް ގާތްގަނޑަކަށް 2 ބިލިއަން ޝެކެލްއަށް މަދުވެފައިވާ ކަމަށެވެ. އަދި އެކަން ތެލް އަވީވް ސްޓޮކް އެކްސްޗޭންޖްގެ ރިސާރޗް ޔުނިޓުގެ ތަފާސްހިސާބުތަކުން ޔަގީން ކޮށްދެއެވެ.
އިސްރާއީލު މީޑިއާއިން ބުނަނީ މިކަމުގެ ސަބަބުން އަހަރު ފެށުނީއްސުރެ ބޭރުގެ އިންވެސްޓަރުންގެ ޖުމްލަ ހިއްސާ ގަތުންތައް 10.5 ބިލިއަން ޝެކެލްއިން 8.5 ބިލިއަން ޝެކެލްއަށް ދަށްވެފައިވެއެވެ. އަދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއީ ސަމާލުކަން ދޭންޖެހޭ ނުތަނަވަސްވާން ޖެހޭ ފަދަ ކަމެކެވެ. އިސްރާއީލީ ސްޓޮކް އެކްސްޗޭންޖްގެ މައިގަނޑު އިންޑެކްސްތައް ފާއިތުވި މަސްތަކުގައި އުފުލި، ތާރީޚީ ރެކޯޑުތައް ޤާއިމުކުރި އެވެ. ނަމަވެސް، މިހާރު ވަނީ އެކަން ބަދަލުވެފައެވެ. ލޯކަލް އިންވެސްޓަރުންނަކީ މިހާރު ގެ ބޮޑު ހިއްސާއެވެ. އަދި ބޭރުގެ އިންވެސްޓަރުން ދަނީ ހިއްސާތައް ވިއްކަމުންނެވެ. މީގެ އެއް ސަބަބަކީ ނަތަންޔާހޫގެ ސިޔާސަތު ހުރިގޮތުން ކުރިމަތިވާ ހޮލޮކޯސްޓްގެ ބަދުނާމާ ހެދި އޭނާ އީރާނާއެކު އައު ހަނގުރާމައެއް ފެށުމަކީ ގާތް ކަމެއްކަމުގައި ލަފާ ކުރެވޭތީއެވެ.
އިސްރާއީލު ސްޓޮކް އެކްސްޗޭންޖްގެ ރިސާރޗް ޑިޕާޓްމަންޓްގެ އިކޮނޮމިސްޓް އެހުދް ނިރް، ބުނެފައިވަނީ، އަހަރު ފެށުނުއިރު ބޭރުގެ އިންވެސްޓަރުންނަކީ ސްޓޮކް މާކެޓުގެ ވިޔަފާރީގެ މައި ފަރާތްތައް ކަމަށެވެ. މި މުއްދަތުގައި، އެމީހުން ގާތްގަނޑަކަށް 10.5 ބިލިއަން ޝެކެލްގެ ހިއްސާ ގަނެފައިވެއެވެ. އެމީހުންގެ ގަތުންތަކުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ބޭންކުތަކުގެ ހިއްސާއަށް (6.2 ބިލިއަން ޝެކެލް) ކަމަށް ބުނެއެވެ. އަދި ދިފާއީ ސާމާނު އުފައްދާ ކުންފުނިތަކުގެ ހިއްސާއަށް (1.9 ބިލިއަން ޝެކެލް) ގެ ހިއްސާވެސް ގަނެފައިވާ ކަމަށް ބުންޏެވެ.
ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހުގައިވެސް އެމީހުން ދިފާއީ ކުންފުނިތަކުގެ ހިއްސާ ގަތުން ކުރިއަށް ގެންގޮސްފައިވެއެވެ. ނަމަވެސް އެކަން ވަނީ ކުރިއަށް ވުރެން މަދުވެގެން ގޮސްފައެވެ. އެ ވިޔަފާރި އުލެނީ ގާތްގަނޑަކަށް 200 މިލިއަން ޝެކެލްގައެވެ. އަނެއްކޮޅުން، ބަޔޯޓެކްނޮލޮޖީ، އިންޝުއަރެންސް، ރިއަލް އެސްޓޭޓް އަދި ބޭންކިންގ ދާއިރާތަކުގެ ހިއްސާ ވިއްކާލުމުގެ ޓްރެންޑެއް މިހާރު ފެންނަން އެބައޮތެވެ.