މުދައްރިސުންނަށް އަމާޒުކޮށް ރިސާލަތު އަދި ނަމާދު މަތިވެރިކުރުން ޕްރޮގުރާމް ކުރިއަށް ގެންގޮސްފި

ސްކޫލް މުދައްރިސުން އަމާޒުކޮށް މާލޭގައި ރިސާލަތު އަދި ނަމާދު މަތިވެރިކުރުން ޕްރޮގުރާމުގެ ދަންފަޅިއެއް ކުރިއަށް ގެންގޮސްފިއެވެ.

އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ކުރިއަށް ގެންދެވުނު މި ދަންފަޅީގައި މާލޭގެ ބައެއް ސްކޫލްތަކުގެ މުދައްރިސުންނާއި އަތޮޅުތެރޭ ބައެއް ސްކޫލްތަކުގެ މުދައްރިސުން ހިމެނޭހެން 28 މުދައްރިސުން ވަނީ ބައިވެރިވެފައެވެ.

މި ދަންފަޅި ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡުންކަމަށްވާ އައްޝައިޚް ޢަބްދުﷲ މިފްޒާލް، އައްޝައިޚް އަޠީފް އަބޫބަކުރު އަދި އައްޝައިޚް އަޙްމަދު ފަޙްމީ ދީދީއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމާއި ނަމާދު މަތިވެރިކުރުން ޕްރޮގުރާމު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިއުމަށް ވުޒާރާއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޚަބަރު ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ހިއްސާ ކުރައްވާ!