ޙުސައިން ރަޝީދު އަޙުމަދު
ﷲ ވޮޑިގެންވަނީ އުޑުގައިބާ! މިއީ މިހާރަކަށް އައިސް މާގިނައިން ދެކެވޭ ވާހަކައެކެވެ.
ހަމަގައިމު ޔަގީންވާ ކަމަކީ އުޑާއި އެންމެހައި ކާއިނާތަކީ ﷲގެ މަޚްލޫޤުންކަމާއި ﷲ މަޚްލޫގަކަށް ބޭނުންވެ ވޮޑިގެން ނުވާ ކަމެވެ.
ﷲ އުޑު އުފެއްދެވީ ބިމާއި ފަރުބަދަތައްވެސް އުފެއްދުމަށް ފަހުގައެވެ. ﷲ އަށް ތަނެއް، ވަގުތެއް، މަކާނެއް، ބޭނުންވެ ވޮޑިނެއް ނުވެއެވެ. މިއީ ވަރަށް ބަދީހީ ކަމެކެވެ.
މިސާލަކަށް ﷲ އުޑުގައި ވޮޑިގެން ވާކަމަށް ދެކޭމީހުންނަށް އުޑުއުފެއްދެވުމުގެ ކުރިން ﷲ ވޮޑިގެންވީ ތަނެއްވެސް އެނގެން ވާނެއެވެ. އަދި އުޑާއި ކާއިނާތު ނެތިކުރެއްވުމަށް ފަހުވެސް ﷲ ވޮޑިގެންވާނެ ތަނެއް އެނގެން ވާނެއެވެ. އޭރަކު ގައިމުން އެއްވެސް ތަނެއް ނެތެވެ.
އަޅުގަނޑުމެންގެ އަހުލު ސުއްނަތު ވަލްޖަމާޢަތުގެ ޢަޤީދާއަކީ ކާއިނާތުގައި ވާހައި ތަނަކާއި ތަކެއްޗަކަށް ވުރެން ﷲގެ ޒާތުފުޅު އެންމެ މަތިވެރިވެފައި އެންމެ ބޮޑު ކަމެވެ. އުޑުތަކާއި ކުރުސިއާއި ޢަރުޝިއަށް ވުރެންވެސް އެއިލާހުގެ ޒާތުފުޅު މަތިވެރިވެފައި ބޮޑެވެ. ދެން ބުއްދީގެ ގޮތުން ބަލާއިރުވެސް އެއިލާހުގެ ނިސްބަތުން މާކުޑަ އެއްޗެއްގައި އެއިލާހު ވޮޑިގެންވާނީ ކިހިނަކުންހެއްޔެވެ.
ﷲ ވަޙީކުރައްވާފައި ވެއެވެ.
يوم نطوى السماء كطي السجل للكتب (ގިޔާމަތް ދުވަހު އަހުރެން ފޮތުގެ ގަނޑުތައް އޮޅާލާހެން އުޑު ފަށްފަށް ޖައްސަވާހުށީމެވެ.) އަދިވެސް އެއިލާހު ވަހީ ކުރައްވާފައި ވެއެވެ. وترى الجبال تحسبها جامدة وهي تمر مر السحاب. (ފަރުބަދަތައް ބިމުގައި ކޮޅަށް ހުންނަތަން ތިޔަބައިމީހުން ހީވާނެއެވެ. އެހެނަސް އެތަކެތި ފުނޑުފުނޑުވެގެން ބުރަބުރައިގެން ދާތަން ތިޔަބައި މީހުންނަށް ފެންނާނެއެވެ. )
ޝައްކަކަށް ވަސްވާހަކަށް ތަނެއްނެތެވެ. އުޑުތަކާއި ބިމާއި ކާއިނާތުގެ ހާލަކީ މިއީ ކަމުގައި ވާއިރު، އަދި މިތަކެއްޗަކީ މާފަހުން ﷲ އުފެއްދެވި އެއިލާހުގެ މަޚްލޫޤުންނަށް ވީހިނދު މިހާލަތުގައިވާ އުޑެއްގައި ނުވަތަ އެފަދަ އަރުޝިއެއްގައި ޖަލާލަތުވަންތަ ކިބުރިއާ ވަންތަ ﷲ ވޮޑިގެންވާކަމަށް ޤަބޫލުކުރުމީ ބުއްދި ޤަބޫލުކުރާ ކަމެއްނޫނެވެ. ﷲ ވޮޑިގެންވާކަށް ތަނެއް މަކާނެއް ނުވެއެވެ. ތަނާއި މަކާނާއި ވަގުތު އުފެއްދެވުމުގެ ކުރިންނާއި އެތަކެތި ފަނާވެދިއުމަށްފަހުވެސް ﷲ ވޮޑިގެން ވެއެވެ.
މިއީ މިހާރަކަށް އައިސް މާގިނައިން ދެކެވޭ ވާހަކައެކެވެ.
ހަމަގައިމު ޔަގީންވާ ކަމަކީ އުޑާއި އެންމެހައި ކާއިނާތަކީ ﷲގެ މަޚްލޫޤުންކަމާއި ﷲ މަޚްލޫގަކަށް ބޭނުންވެ ވޮޑިގެން ނުވާ ކަމެވެ.
ﷲ އުޑު އުފެއްދެވީ ބިމާއި ފަރުބަދަތައްވެސް އުފެއްދުމަށް ފަހުގައެވެ. ﷲ އަށް ތަނެއް، ވަގުތެއް، މަކާނެއް، ބޭނުންވެ ވޮޑިނެއް ނުވެއެވެ. މިއީ ވަރަށް ބަދީހީ ކަމެކެވެ.
މިސާލަކަށް ﷲ އުޑުގައި ވޮޑިގެން ވާކަމަށް ދެކޭމީހުންނަށް އުޑުއުފެއްދެވުމުގެ ކުރިން ﷲ ވޮޑިގެންވީ ތަނެއްވެސް އެނގެން ވާނެއެވެ. އަދި އުޑާއި ކާއިނާތު ނެތިކުރެއްވުމަށް ފަހުވެސް ﷲ ވޮޑިގެންވާނެ ތަނެއް އެނގެން ވާނެއެވެ. އޭރަކު ގައިމުން އެއްވެސް ތަނެއް ނެތެވެ.
އަޅުގަނޑުމެންގެ އަހުލު ސުއްނަތު ވަލްޖަމާޢަތުގެ ޢަޤީދާއަކީ ކާއިނާތުގައި ވާހައި ތަނަކާއި ތަކެއްޗަކަށް ވުރެން ﷲގެ ޒާތުފުޅު އެންމެ މަތިވެރިވެފައި އެންމެ ބޮޑު ކަމެވެ. އުޑުތަކާއި ކުރުސިއާއި ޢަރުޝިއަށް ވުރެންވެސް އެއިލާހުގެ ޒާތުފުޅު މަތިވެރިވެފައި ބޮޑެވެ. ދެން ބުއްދީގެ ގޮތުން ބަލާއިރުވެސް އެއިލާހުގެ ނިސްބަތުން މާކުޑަ އެއްޗެއްގައި އެއިލާހު ވޮޑިގެންވާނީ ކިހިނަކުންހެއްޔެވެ.
ﷲ ވަޙީކުރައްވާފައި ވެއެވެ. يوم نطوى السماء كطي السجل للكتب (ގިޔާމަތް ދުވަހު އަހުރެން ފޮތުގެ ގަނޑުތައް އޮޅާލާހެން އުޑު ފަށްފަށް ޖައްސަވާހުށީމެވެ.) އަދިވެސް އެއިލާހު ވަހީ ކުރައްވާފައި ވެއެވެ. وترى الجبال تحسبها جامدة وهي تمر مر السحاب. (ފަރުބަދަތައް ބިމުގައި ކޮޅަށް ހުންނަތަން ތިޔަބައިމީހުން ހީވާނެއެވެ. އެހެނަސް އެތަކެތި ފުނޑުފުނޑުވެގެން ބުރަބުރައިގެން ދާތަން ތިޔަބައި މީހުންނަށް ފެންނާނެއެވެ. )