ފީފާއިން އިޒްރޭލު ބާކީ ކުރުމަށް ގޮވާލައިފި

ޔަހޫދީ ޒަޔަނިސްޓުން ނަސްލު ނައްތާލުމަށް ހޮލޮކޯސްޓް ހިންގަމުން ގެންދާނީ ބައިނަލްއަގްވާމީ ކުޅިވަރު މުބާރާތްތަކުން ޒަޔަނިސްޓު ދައުލަތް ބާކީ ކުރުމަށް އދގެ ސްޕެޝަލް ރެޕަޓަރު އޮން ކަލްޗަރަލް ރައިޓްސް އެލެގްޒެންޑްރާ ކްސަންތަކީ ގޮވާލައްވައިފިއެވެ. ކްސަންތަކީ ވިދާޅުވީ ފުޓްބޯޅަ އިދާރާ ފީފާ އާއި ޔުއެފާ އިން އިސްރާއީލު ބޭރުކުރުމަށް ގޮވާލާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އާދައިގެ މަތިން ވިޔަފާރިއެއް ކަމަށް ހަދައިގެން ނުތިބެވޭނެ، އަދި ފުޓްބޯޅަ އެސޯސިއޭޝަންތަކަށް ވެސް އާދައިގެ މަތިން ވިޔަފާރިއެއް ކަމަށް ހަދައިގެން ނުތިބެވޭނެ،" އޭނާ ފާހަގަކުރި އެވެ. "ހިތާމައަކީ އިންސާނީ ހައްގުތަކާ ހިލާފުވާ ކަންކަމުގައި އަމަލުކުރަން، އާންމުކޮށް ކުޅިވަރު ޖަމިއްޔާތަކުން ފިޔަވަޅު އަޅަން ފަސްޖެހިފައި އޮންނަނީ … ނަމަވެސް ގިނަ ބަޔަކު ދައްކަނީ އިންސާނީ ހައްގުތަކާ ހިލާފުވާ ގޮތުގެ ވާހަކަ." އޭނާ ވިދާޅުވިއެވެ.

އިޒްރޭލުން ނަސްލު ނައްތާލާ ކަމުގެ ހެކިތައް މިނިވަން އަދި ދުނިޔޭގެ މަޝްހޫރު ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ ކަމުގައި ވިދާޅުވަމުން އިޒްރޭލާ ދެކޮޅަށް ފިޔަވަޅު ނޭޅެންވީ ސަބަބެއް ނެތް ކަމުގައި އޭނާ ވިދާޅުވިއެވެ.

ފީފާއިން އިޒްރޭލު މައްސަލާގައި ދެފުށް ދެގޮތް އުސޫލެއް ގެންގުޅޭ ކަމަށް ތުހުމަތު ކޮށްފައި ވެއެވެ. ފީފާއިން ވަނީ ހަނގުރާމަ ފެށުނުތާ 4 ދުވަހުގެ ތެރޭގައި ރަޝިޔާ އާ ދެކޮޅަށް ފިޔަވަޅު އަލައި ރަޝިޔާ ބާކީކޮށްފައެވެ. ނަމަވެސް އިޒްރޭލާ ދެކޮޅަށް އެފަދަ ފިޔަވަޅެއް އަޅާކަށް ނުކެރުނެވެ.

ހިއްސާ ކުރައްވާ!