މަދީނާގެ ޤިބްލަތައިން މިސްކިތް 24 ގަޑިރަށް ހުޅުވުމަށް ނިންމައިފި

މަދީނާގެ ޤިބް ލަތައިން މިސްކިތް ނަމާދު ކުރާ މީހުންނަށް ހުރިހާ ވަގުތެއްގައި 24 ގަޑިއިރު ހުޅުވާފައި ބެހެއްޓުމަށް ޚާދިމުލްޙަރަމައިން ސަލްމާން ރަސްގެފާނު އަންގަވައިފިއެވެ.

ރަސްގެފާނުގެ އެންގެވުމާއެކު މަދީނާ ރީޖަންގެ އަމީރު އަދި ރީޖަނަލް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ޗެއާމަން އަމީރު ސަލްމާން ބިން ސުލްތާން ވަނީ މިކަން ތަންފީޒު ކުރައްވަން ފަށްޓަވާފައެވެ.

ސައުދީ އިސްލާމިކް މިނިސްޓަރު ޝެއިޚް އަބްދުއްލަތީފް އާލުއްޝެއިޚް ވިދާޅުވީ މި އިރުޝާދުން ދައްކުވައިދެނީ މިސްކިތަކަށް ޒިޔާރަތްކުރާ މީހުންނަށް އެންމެ މަތީ ފެންވަރުގެ އަޅާލުމާއި ހިތްގައިމުކަން ފޯރުކޮށްދިނުމަށް ސަޢޫދީ ޒަޢާމަތުން ކުރާ މަސައްކަތެވެ.

ހިއްސާ ކުރައްވާ!