ޔޫރަޕް މީހުން ޤުރުއާން މަނާ ކުރަން ދިމާކޮށްފިނަމަ މުސްލިމުންނަށް ދެކޮޅު ހަދަން ކެރޭނެބާ؟

ފްރާންސްގެ ދެކުނުގައި ހުންނަ "ބޫޝް ދޫ ރޯން" ސަރަހައްދުގެ ގަވަރުނަރު، ވަނީ "ލޭ ބްލޫވިއޭ" މިސްކިތް ދެ މަސް ދުވަހަށް ބަންދުކުރުމަށް އަމުރެއް ނެރެފައެވެ. އޭނާ ބުނަނީ އެމިސްކިތުގައި ކިޔަވާ ޤުރުއާނުގައި އާއި ދޭ ޚުތުބާތަކުގައި (ފަލަސްޠީނުގައި ޖެނޮސައިޑް ހިންގާ) ޔަހޫދީންގެ ނަސްލަށް ހުތުރުއަރާފަދަ ވާހަކަތައް ހުންނަ ކަމަށެވެ. އަދި އެއީ ޔަހޫދީ ނަސްލާ ދެކޮޅުވެރި ވާހަކަތަކެއް ކަމަށް ބުނެ އެ މިސްކިތް ދެ މަހަށް ބަންދު ކުރަން އަމުރު ނެރުނީ ކަމަށެވެ. މި އަމުރު ނެރުނީ މިމަހު 6 ގައެވެ.

މި އަމުރު ނެރުމާ ގުޅިގެން މުސްލިމުން ވަނީ މަރްސޭލްސްގެ ކޯޓުގައި މައްސަލައިގައި ދައުވާ ކޮށްފައެވެ. މަރްސޭލްސް ކޯޓުން ވަނީ ގަވަރުނަރުގެ ނިންމުން ބާޠިލު ކޮށްފައެވެ.

މިސްކިތް ބަންދުކުރުމަށް ނިންމި ނިންމުމުގައި ބުނެފައި ވަނީ މިސްކިތުގެ އިމާމު އިސްމާއިލް ބިން ޖިލާލީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް އަށް ތާއީދުކޮށް، އިސްރާއީލު ޒަޔަނިސިްޓު ދައުލަތެއް ކަމަށް ސިފަކޮށް ޚިޔާލު ފާޅު ކުރާ ކަމަށެވެ.

ކޯޓުން ނިންމީ މިސްކިތް ބަންދުކުރުމުގެ އަމުރަކީ އަޅުކަން ކުރުމުގެ އަސާސީ މިނިވަންކަމަށް ހުރަސްއަޅާ ނިންމުމެއް ކަމަށެވެ. އަދި އިމާމުގެ ސޯޝަލް މީޑިއާ ޕޯސްޓުތަކަކީ އެއްވެސް ބަޔަކާ ދެކޮޅަށް ރުޅިވެރިކަން އުފެއްދުމުގެ ނުވަތަ އަނިޔާވެރިވުމުގެ ބިރު އޮތް އެއްޗެއް ނޫން ކަމަށް ވެސް ކޯޓުން ނިންމިއެވެ.

ހިއްސާ ކުރައްވާ!