އިންޑޮނޭޝިއާގެ ބަޓަމް ޖަޒީރާގައި ހުންނަ ޝިޕްޔާޑެއްގައި ތެޔޮ ޓޭންކަރެއްގައި އަލިފާން ރޯވެ، 10 މީހުން މަރުވެ، 21 މީހުންނަށް އަނިޔާވެއްޖެއެވެ. މި ހާދިސާ ހިނގީ އިއްޔެ ފަތިހު 4:30 ހާއިރު، އުޅަނދު މަރާމާތު ކުރަމުންދަނިކޮށެވެ.
ފުލުހުން ބުނި ގޮތުގައި އަލިފާން ނިއްވަން އެއްގަޑި ިރު ނެގިއެވެ. މި ހާދިސާގެ ސަބަބު ހޯދުމަށް ތަހުގީގެއް ފަށައިފައި ވެއެވެ.
މި އުޅަނދަށް މީގެ ކުރިންވެސް ވަނީ މިފަދަ ހާދިސާއެއް ދިމާވެފައެވެ. ޖޫން މަހު މަރާމާތުކުރުމުގެ މަސައްކަތް ކުރަމުންދަނިކޮށް، ގޭސް ފުޅިއެއްގައި ރޯވެ 4 މީހުން މަރުވެފައިވެއެވެ. މި ހާދިސާއާ ގުޅިގެން، އެ ސަރަހައްދުގެ ޝިޕްޔާޑްތަކުގެ ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކޮށްފައި ވެއެވެ.







