ދުނިޔޭގެ އެންމެ ބޮޑު ސިޓީއަކީ ޖަކާޓާ ކަމަށް އދގެ ރިޕޯޓެއްގައި ބުނެފިއެވެ. އދގެ އާ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި އިންޑޮނޭޝިއާގެ ވެރިރަށް ޖަކާޓާ އަކީ 41.9 މިލިއަން މީހުން ދިރިއުޅޭ ދުނިޔޭގެ އެންމެ ބޮޑު ސިޓީ އެވެ.
ދެވަނައަށް އެންމެ ގިނައިން މީހުން ދިރތިއުޅޭ ސިޓީއަކީ 36.6 މިލިއަން މީހުން ދިރިއުޅޭ ބަންގްލަދޭޝްގެ ޑާކާ އެވެ. ޑާކާ 2 ވަނައަށް ދިޔައީ 9 ވަނައިގައި އޮތުމަށްފަހު އެވެ.
މީގެ ކުރިން 1 ގައި އޮތީ ޓޯކިޔޯއެވެ.





