އިންސާނަކާ ނުލައި ދުއްވާ ކާރު ބޭނުން ކުރާ މެދުއިރުމަތީގެ ފުރަތަމަ ސިޓީއަކަށް އަބޫދާބީ ވެއްޖެއެވެ. އަބުދާބީން ބުނާ ގޮތުގައި ޑްރައިވަރަކާ ނުލައި އުޅަނދު އަމިއްލައަށް ދުއްވާ ޒާތުގެ އުޅަނދުތަކަށް މިހާރު އަބޫދާބީ ފައްކާވެފައިވާ ކަމަށާއި ވިޔަފާރި އުސޫލުން އެފަދަ އުޅަނދުގެ ޚިދުމަތް ދިނުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އަދި އެފަދަ އުޅަނދުގެ ދަތުރުތައް ވަނީ އިންޝޫރެންސް ކޮށްފައި ވެސް މެއެވެ.
އަބޫދާބީ ވެފައިވަނީ މެދުއިރުމަތީގައި ޑްރައިވަރަކާ ނުލައި ދުއްވާ އުޅަނދު ބޭނުން ކުރާ ފުރަތަމަ ސިޓީއަށް ވެފައެވެ. އެ ސިޓީގައި ޗައިނާގެ ތަފާތު ދެ ކުންފުންޏަކުން އެބާވަތުގެ އުޅަނދު ދުއްވުމުގެ ވިޔަފާރި ކުރިއަށް ގެންދާނެއެވެ.







