މަރުވެފައިވާ މީހުންގެ ފޮޓޯތަކާއި އެމީހުންގެ ފަހު ވަގުތާއި އަދި އެމީހުންގެ ތަކެތި ހިމެނޭ މަންޒަރުތައް މީޑިއާގައި އާންމު ކުރުމަކީ ޔޫއޭއީގައި މަނާކަމެކެވެ. އެފަދަ ކަންކަން ކުރާ މީހުން ޖިނާއީ ގާނޫނުގެ ދަށުން 6 މަހަށް ޖަލަށް ލެވެއެވެ. އަދި ދޮޅު ލައްކައިން ފެށިގެން 5 ލައްކަ ދިރްހަމްއާ ދެމެދުގެ އަދަދަކުން ޖުރިމާނާ ކުރެވެއެވެ.
އަދި އެކަން ކުރަނީ ބޭރު މީހެއްނަމަ އެމީހަކު ޑިޕޯޓު ކޮށްލެވޭނެއެވެ.
ޔޫއޭއީގައި ގާނޫނުން މައްތިޔާގެ ހައްގުތައް ރައްކާތެރިކޮށް ޙުރުމަތްތެރިކަން ދީފައި ވެއެވެ. އެހެންވެ، ހާދިސާތައް ހިނގާ ވަގުތު ފޮޓޯ ނަގަން އަވަސްވެގަނެ، މީހުން މޮބައިލް ފޯނު ދިއްކޮށެއް ނުހަދައެވެ. އަދި ނިޔައުވެފައި ތިބޭ މީހުންގެ ފޮޓޯވެސް ނަގައެއް ނުހަދައެވެ. އެފަދަ ކަންކަން ކުރުމަކީ އެބައި މީހުންނަށް އައިބު ކަމެކެވެ!




