ފްރާންސްގެ ރިސާޗަރުން ވަނީ ލޮރެއިން ސަރަހައްދުގެ ބިމުގެ އަޑިން ގުދުރަތީ ހައިޑްރޮޖަންގެ ބޮޑު ރިޒާވްއެއް ހޯދާފައެވެ. މި ހައިޑްރޮޖަން ރިޒާވްއަކީ އެތައް ހާސް އަހަރަކަށް ދުނިޔޭގެ ހުރިހައި އިންސާނުންނަށް ބޭނުންވާނެ ސާފު، އިއާދަ ނުރަނިވި ހަކަތައިގެ މަސްދަރެއް ކަމަށް ސައިންޓިސްޓުން ބުނެއެވެ. މި ގޭހަށް ކިޔާ ނަމަކީ “ވައިޓް ހައިޑްރޮޖަން” އެވެ. މި ރިޒާވް ފެނިފައިވަނީ ކުރިން ކޯލާ ދެނި ނެގަން ބޭނުން ކުރި ސަރަހައްދަކުން 950 މީޓަރު އަޑިންނެވެ.
މަސްނޫއީ ގޮތަށް އުފައްދާ ގްރީން ހައިޑްރޮޖަންއާ ޚިލާފަށް، ވައިޓް ހައިޑްރޮޖަން އުފެދެނީ ގުދުރަތީ ގޮތުންނެވެ. އަދި ލަފާކުރެވޭ ގޮތުގައި މިއީ އަމިއްލައަށް އާކޮށްކޮށް ހުންނަ އިއާދަ ކުރަނިވި އެއްޗެކެވެ. ސައިންސްވެރިން ލަފާކުރާ ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓްރިލިއަން ކިއުބިކް މީޓަރުގެ މި ވައްތަރުގެ ގޭސް ހުރެދާނެއެވެ. ފުރަތަމަ ހޯދުންތަކުން ދައްކާ ގޮތުގައި ފްރާންސް އިން މިހާރު ފެނުނު ރިޒާވްއަކީ ދުނިޔޭގައި ހުރި އެންމެ ބޮޑު ރިޒާވްތަކުގެ ތެރޭގައި ހިމެނޭ ރިޒާވް އެވެ. މި ކާމިޔާބީއަކީ ދުނިޔޭގެ ހަކަތައިގެ މާރެސް ބަދަލުކުރުމަށް މުހިންމު ބަދަލެއް ގެނެސްދީފާނެ އެއްޗެކެވެ. އަދި މިއީ ތެލަށް ވުރެ އަގުހެޔޮ، އަދި އޭގައި ދުނބިޔެ ނުސާފު ކުރަނިވި ކާބަންގެ އަސަރެއް ނެތް މާއްދާއެކެވެ. ސަރުކާރުތަކާއި ކުންފުނިތައް މިހާރު ދަނީ މިކަމުގެ ވިޔަފާރީގެ ބޭނުންތައް ބެލުމަށް އަވަސް ވެގަންނަމުންނެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި މިއީ ހަކަތައިގެ މަސްދަރުތަކުގެ ތެރެއިން ހުސްނުވާނެ މަސްދަރެއްގެ ގޮތުގައި ވެދާނެ އެއްޗެކެވެ. ހައިޑްރޮޖަންއަކީ އެންމެ ލުއި ކެމިކަލް އެލިމެންޓެވެ. މިއީ ކުލައެއް ނުލާ، އަދި ވަހެއް ނުދުވާ ޒާތުގެ ގޭހެކެވެ. މިއީ މާއްދާގެ އަސާސީ ބައިތަކުގެ ތެރޭގައި ހިމެނޭ އަދި ސާފު ހަކަތައެއްގެ މަސްދަރެއްގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްޗެކެވެ.
މި ގޭސް ނަގަނީ ބިމުގެ އަޑިން ތޮރުފައިގެންނެވެ. މީގެ ސަބަބުން ޖައްވު ނުސާފު ކުރާ ކާބަން ގޭސްގެ އެއްވެސް މިންވަރެއް ބޭރެއް ނުވާނެއެވެ. އަދި ޚަރަދު ބޮޑު ކަމަކަށް ނުވާނެއެވެ. މިފަދަ ރިޒާވްތައް އެރފްރިކާގެ މާލީ، އޮސްޓްރޭލިއާ، ސްޕެއިން، އަދި އެމެރިކާ އިން ވެސް ވަނީ ފެނިފައެވެ. މިއީ ދުނިޔެއިން މިލިއަނަށްވުރެ ގިނަ އަހަރު ވަންދެން ހައިޑްރޮޖަން އުފައްދަމުން އައިސްފައިވާ ކަމުގެ ހެކިތަކެކެވެ.
މި ހޯދުމުގެ ސަބަބުން ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ބޮޑެތި ބަދަލުތަކެއް އަތުވެދާނެއެވެ. ވައިޓް ހައިޑްރޮޖަންއަކީ ތެލާއި ގޭހުން ދުރުވުމަށް އަވަސްކޮށްދޭނެ ވަސީލަތަކަށް ވެގެންދާނެއެވެ. އަދި މި ގޭސް ނެގުމަށް ބޭނުންވާ މަސައްކަތުގެ ކުޑަކަމުން މިއީ ހައިޑްރޮޖަން ފިއުލްގެ އަގުހެޔޮ ވެގެން ދާނެ ކަމެކެވެ.







