ތެހެރާންގެ މެޓްރޯ ސްޓޭޝަނަކަށް މަރްޔަމްގެފާނުގެ ނަމުން ނަން ދީފި

އީރާންގެ ވެރިރަށް ތެހެރާންގެ ބިމު އަޑީ މެޓްރޯ ސްޓޭޝަނަކަށް މަރްޔަމްގެފާނުގެ ނަމުން ނަން ދީފިއެވެ. މަރްޔަމޭ މުޤައްދަސް މެޓްރޯ ސްޓޭޝަން ޒީނަތްތެރި ކޮށްފައި ވަނީ ކްރިސްޓިއަން ފަންނު ބޭނުން ކޮށްގެންނެވެ. މި ސްޓޭޝަން އޮންނަނީ ތެހެރާންގެ ކްރިސްޓިއަނުން ގިނައިން ދިރިއުޅޭ އަރްމީނިއަން ކެތީޑްރަލް ކައިރީގައެވެ. މިހިސާބުގައި އެއްލައްކަ ނަސާރާއިން ދިރިއުޅެއެވެ. 

ތެހެރާންގެ މޭޔަރ އަލި ރިޒާ ޒާކާނީ ވިދާޅުވީ ކްރިސްޓިއަން ފަންނާއެކު އީރާންގެ އިމާރާތް ކުރުމުގެ ފަންނު ވެސް އެއްކޮށްފައިވާނެ ކަމަށެވެ.

ތެހެރާން ބިމުއަޑީ މެޓްރޯގެ ނިޒާމަކީ މެދުއިރުމަތީގައި ބިމު އަޑީގައި ބިނާކޮށްފައިޥާ އެންމެ ބޮޑު މެޓްރޯގެ ނިޒާމެވެ. 1999ގައި 5 ސްޓޭޝަނުން ފެށި މި ނިޒާމުގައި މިހާރު 161 ސްޓޭޝަން ހިމެނެއެވެ. ބޮޑު ބައި އޮންނަނީ ބިމު އަށީގައެވެ. 2040އާ ހަމައަށް އަދި އިތުރު 11 ސްޓޭޝަން އިތުރު ކުރުމަށް ހަމަޖެހިފައި ވެއެވެ.

Tehran Opens Metro Station Honouring the Virgin Mary, Stirring Global Conversation

 

ހިއްސާ ކުރައްވާ!