އީރާނާ މަޝްވަރާ ކުރާއިރު ގަލްފްގެ އަރަބިން ތިބެން ބޭނުންވާ ކަމަށް ބުނެފި

ގަލްފްގެ އަރަބި ގައުމުތަކުން ބުނަމުންދަނީ އެމެރިކާއާއި އީރާނާ ދެމެދު އެއްވެސް މަޝްވަރާއެއް ކުރިއަށްދާނަމަ، ޖީ.ސީ.ސީ ގެ ގައުމުތަކުގެ ބައިވެރިވުން އޮންނަންޖެހޭނެ ކަމަށެވެ. އަދި ސުލްހައިގެ އެއްބަސްވުމެއްގައި އެ ގައުމުތަކުގެ ޑިމާންޑްތަކަށް ވެސް ފުރިހަމައަށް ރިއާޔަތްކުރަންޖެހޭނެ ކަމަށެވެ.

ފާއިތުވި އަހަރުގެ ތެރޭގައި ކުރިއަށްދިޔަ މަޝްވަރާގެ ހުރިހާ ބުރުތަކެއްވެސް މައިގަނޑު ގޮތެއްގައި ކުރިއަށްދިޔައީ އީރާނާއި އެމެރިކާއާ ދެމެދުގައެވެ. ނަމަވެސް، މި ހަނގުރާމައިން ހާމަވެގެންދިޔަ ގޮތުގައި، އީރާނާއި އިސްރާއީލާ ދެމެދު ނުވަތަ އީރާނާއި އެމެރިކާއާ ދެމެދު ހަނގުރާމައެއް ފެށިއްޖެނަމަ، އޭގެ އެންމެ ބޮޑު ގެއްލުމެއް ލިބޭ ބަޔަކީ ޖީ.ސީ.ސީ ގެ ގައުމުތަކެވެ.

ގަލްފްގެ އަރަބިން ބޭނުން ވަނީ ހަކަތައިގެ ވަސީލަތްތައް ހުރުމުޒު ކަނޑު އޮޅި ހުރަސްކޮށް އެއްވެސް ހުރަހެއްނެތި ފޯރުކޮށްދެވޭނެކަމުގެ ޔަގީންކަން އެ ގައުމުތަކުން ބޭނުންވެއެވެ. ހަނގުރާމަ ފެށުނީއްސުރެ، މި ސަރަހައްދުގައި ތެލާއި ގޭސް އުފައްދާ މިންވަރާއި، ދުނިޔޭގެ ބާޒާރުތަކަށް ހަކަތަ ފޯރުކޮށްދޭ މިންވަރު ވަނީ ފާހަގަކުރެވޭ މިންވަރަކަށް ދަށްވެފައެވެ.

މި ސަރަހައްދުގެ ގައުމުތަކުން ދަނީ އިގްތިސާދީ ގޮތުން ބޮޑު އަގަކުން ބަދަލު ދައްކަމުންނެވެ. ހަކަތަ އުފައްދާ މަރުކަޒުތަކަށާއި، މީހުން ދިރިއުޅޭ ސަރަހައްދުތަކަށާއި، ބަނދަރުތަކުގެ އިތުރުން އާންމު އުމްރާނީ ވަސީލަތްތަކަށްވެސް ވަނީ ހަމަލާދީފައެވެ. އެހެންކަމުން، ހަކަތަ ފޯރުކޮށްދިނުމުގެ ޔަގީންކަން އެ ގައުމުތަކުން ބޭނުންވެއެވެ.

މި ގަމުތަކަކީ އެމރިކާއާއި އިސްރާއީލުގެ ޖާސޫސުންނާއި އަސްކަރީ މަރުކަޒުތައް ބަނޑަހަ ޖެހުމަށް ހުއްދަ ދިން ގައުމުތަކެވެ،.

އަދި އީރާނުގެ މިސައިލްތަކާއި ނިއުކްލިއަރ ޕްރޮގްރާމަކީ އިތުރަށް އޮތް ނުރައްކަލަކަށް ނުވުމަށާއި، ސަރަހައްދުގެ ހަމަޖެހުން ނަގާލާ ކަމަކަށް ނުވުމަށާއި، އެ ގައުމުތަކަށް އަމާޒުކުރެވޭ އެއްޗަކަށް ނުވުމަށްވެސް އެ ގައުމުތަކުން ބޭނުންވެއެވެ. ހަނގުރާމަ ފެށުނީއްސުރެ، ކޮންމެ ދުވަހަކުވެސް ދަނީ ހަމަލާތައް ދެމުންނެވެ. އެތައް ދިހަ ޑްރޯންއަކާއި މިސައިލެއް ވަނީ މި ގައުމުތަކަށް އަމާޒުކޮށް ފޮނުވާލާފައެވެ.

އީރާނުންވެސް އަބަދުވެސް އެދެމުން ގޮސްފައި ވަނީ އެމެރިކާ މި ސަރަހަދުގެ ގައުމުތަކުގައި އަސްކރީ މަރުކަޒު ހަދައިގެން ނުތިބުމަށާއި އީރާނުގެ ވުޖޫދަށް ނުރައްކާވާ ގޮތަށް އަރަބިން މަސައްކަތް ނުކުރުމަށެވެ. އަރަބިން ވަނީ 8 އަހަރު ވަންދެން އީރާން ފުނޑާލުމަށް އިރާގްގެ ސައްދާމަށް ފައިސާއާއި ހަތިޔާރު ދީފައެވެ.

މީގެ އިތުރުން މި ގައުމުތަކުން އެދެނީ ސަރަހައްދުގައި ހަރަކާތްތެރިވާ އީރާނުގެ ސަޕޯޓު ގްރޫޕްތަކުގެ ހަރަކާތްތައް ހުއްޓުވުމެވެ. އެ ގްރޫޕްތަކުން މި ގައުމުތަކުގެ ހަމަޖެހުން ނަގާލުމާއި، ސަރަހައްދީ ރައްކާތެރިކަމަށް އޮތް ނުރައްކަލަކަށް ވުން ނިމުމަކަށް ގެންނަން އެ ގައުމުތަކުން ބޭނުންވެއެވެ.

ހިއްސާ ކުރައްވާ!