"ފުރަތަމަ އަވަށްޓެރިން"ގެ ސިޔާސަތުގެ ދަށުން ސިލޯނަށް ވެދިން އެހީ ފާހަގަ ކޮށްލެވޭ

އިންޑިއާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދޭ އިންސާނީ އެހީގެ ސިޔާސަތު ފާހަގަ ކޮށްލެވެއެވެ. އަދި ޚާއްސަކޮށް އަވަށްޓެރި ގައުމުތަކަށް ދޭ އެހީގެ ސަބަބުން، އެގައުމަކީ ކާރިސާތަކުގައި ފުރަތަމަ އެހީތެރިޔާ ގެ ދައުރު އަދާކުރާ ސިޔާސަތަކީ ފާހަގަ ކުރެވޭ ސިޔާސަތެކެވެ. އެގޮތުން 2004 ވަނަ އަހަރުގެ ސުނާމީ ކާރިސާއިން ފެށިގެން 2020 ވަނަ އަހަރުގެ ސިލޯނުގެ އިޤްތިޞާދީ ކާރިސާގައި 4.5 ބިލިއަން ޑޮލަރުގެ އެހީ ދިނުމާއި، އަދި އެންމެ ފަހުން ތޫފާނުންވި ގެއްލުން ތަކަސް ސިލޯނަށް މެޑިކަލް ޓީމުތަކާއި، މަނަވަރުތަކުގައި ސާމާނު އުފުލުމާއި ހެލިކޮޕްޓަރުތަކާއި ބެއިލީ ބްރިޖްތައް ބިނާކުރުމަށް ކޮށްދީފައިވާ އެހީތެރިކަން ފާހަގަ ކޮށްލެވެއެވެ.

އިންޑިއާގެ އަވަށްޓެރިންނަށް އެހީ ވުމުގެ މިޚާރިޖީ ސިޔާސަތު ބިނާވެފައިވަނީ "ފުރަތަމަ އަވަށްޓެރިން" ނަށް އިސްކަންދޭ ސިޔާސަތުގެ މައްޗަށެވެ. މި ސިޔާސަތުގެ ދަށުން، އިންޑިއާއިން އެހީ ފޯރުކޮށްދިނުމުގައި އެންމެ އިސްކަންދެނީ އެގައުމާ އެންމެ ކައިރީގައިވާ ގައުމުތަކަށެވެ.

މި އެހީތައް ފޯރުކޮށްދެނީ އަމިއްލަ ކުންފުނިތަކުން ކުރާ މަސައްކަތުގެ ބަދަލުގައި ސަރުކާރުންނެވެ. އަދި ސިފައިންގެ ބެލެހެއްޓުމުގެ ދަށުން ކަނޑައެޅިފައިވާ ނިޒާމެއްގެ ދަށުންނެވެ.
ތާރީޚަށް ބަލާއިރު، 1970 ވަނަ އަހަރު ޕެރޫގައި ހިނގި ބިންހެލުމުން ފެށިގެން 2004 ވަނަ އަހަރު އިންޑިއާ ކަނޑުގައި ހިނގި ސުނާމީއާ ހަމައަށް، އިންޑިއާއިން ވަނީ ކާރިސާތަކަށް އިޖާބަދިނުމުގެ ގާބިލުކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސްފައެވެ.

އިންޑިއާއިން ހިންގާފައިވާ އެންމެ ފަހުގެ އޮޕަރޭޝަންތަކުގެ ތެރޭގައި، 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހު ސިލޯނުގެ ތޫފާނަށް އިޖާބަދިނުމުގެ ގޮތުން ހިންގި އޮޕަރޭޝަން ސާގަރް ބަންދޫއަކީ މިސިލްސިލާގެ އެންމެ ފަހުގެ ހަރަކާތެވެ. އެކަން އަދިވެސް ކުރިއަށް ދެއެވެ. މި އޮޕަރޭޝަންގެ ދަށުން 58 ޓަނަށްވުރެ ގިނަ އެހީގެ ސާމާނާއި، ބެއިލީ ބްރިޖް ޔުނިޓުތަކާއި، ފީލްޑް ހޮސްޕިޓަލެއް ސިނޯނަށް ވަނީ ފޯރުކޮށްދީފައެވެ.
މީގެ އިތުރުން މީގެ ކުރިން އަވަށްޓެރި ސަރަހައްދުގައި ހިންގާފައިވާ މުހިންމު މިޝަންތަކުގެ ތެރޭގައި ސުނާމީގައި ހިންގި އޮޕަރޭޝަން ރެއިންބޯ އަދި މަޑަގަސްކަރައިގައި ފެންބިޮޑު ވުމުގައި ހިންގި އޮޕަރޭޝަން ވެނީލާ އާއި އަދި ރިހިންގާ ކާރިސާގައި ހިންގި 2017ގެ އޮޕަރޭޝަން ހިއުމެނިޓީ ހިމެނެއެވެ.

އިންޑިއާގެ އެހީގެ ދާއިރާ އޮތީ ހަމައެކަނި އަވަށްޓެރި ގައުމުތަކަށް އެކަންޏެއް ނޫނެވެ. އޭޝިއާގެ ގައުމުތަކާއި އެފްރިކާ، އަދި ލެޓިން އެމެރިކާގެ ގައުމުތަކަށް ވެސް އިންޑިއާގެ އެހީތެރިކަން ފެތުރިފައި ވެއެވެ. މި އެހީގެ ތެރޭގައި ކާނާ، ބޭސް، ވެކްސިން، އަދި އުމްރާނީ ތަރައްޤީގެ އެހީތެރިކަން ހިމެނެއެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި އިންޑިއާއިން ވަނީ 51 ގައުމަކަށް ވެކްސިން ފޯރުކޮށްދީފައެވެ. އަދި ޓެންޒޭނިއާއަށް ޕޯލިއޯ ވެކްސިން ފޯރުކޮށްދިނުން ވެސް މިކަމުގެ ތެރޭގައި ހިމެނެއެވެ.

މި އިންސާނީ އެހީގެ ސިޔާސަތުގެ ފަހަތުގައިވަނީ އިންޑިއާގެ ދިގު ތާރީޚީ އަދި ސަގާފީ ރޫޙެކެވެ. ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މި ސިޔާސަތު ޚުލާސާ ކުރައްވަނީ "މުޅި ދުނިޔެއަކީ އެއް އާއިލާ" ގެ ވިސްނުމުންނެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިމާވާ ކާރިސާތަކުގައި އިންޑިއާއިން އަވަސް އަދި ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނުމަށް ބާރުއަޅާ ސިޔާސަތެކެވެ.

ހިއްސާ ކުރައްވާ!