ސްރީލަންކާގައި ތޫފާނު "ޑިޓްވޯ"ގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ތެރެއިން، ޖަފްނާ ސަރަޙައްދުގެ މުހިންމު ފާލަންތައް އަވަސް ގޮތެއްގައި މަރާމާތު ކުރުމަށް އިންޑިއާ ސިފައިންގެ އިންޖިނިއަރުން ދިން ކުއްލި އެހީތެރިކަމަށް ސްރީލަންކާ ސިފައިން ޝުކުރު އަދާކޮށްފިއެވެ. ތޫފާނުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ފަހުން، ދަތުރުފަތުރުގެ ނިޒާމު އަލުން ގާއިމުކުރުމަށް އިންޑިއާއިން ދިން އެހީތެރިކަމާއެކު ޖެފްނާ ސަރަހއްދު ވަނީ އާންމު ހާލަތަކަށް ގެނެވިފައެވެ.
އިންޑިއާ ސިފައިންގެ 48 މީހުންގެ އިންޖިނިއަރިން ޓާސްކް ފޯސްއެއް ވަނީ ސްރީލަންކާއަށް ވައިގެ މަގުން ގެންގޮސްފައެވެ. މި ޓީމާއެކު ބެއިލީ ބްރިޖްތަކާއި، ޑްރޯންތަކާއި، ބަރު މެޝިނަރީ ވެސް ގެންގޮސްފައިވެއެވެ. މި އެހީތެރިކަމުގެ ދަށުން، ޗިލޯއާއި ކިލިނޮއްޗީ ސަރަޙައްދުގައި ހުރި ފާލަންތަކުގެ ގުޅުން އަލުން ގާއިމުކޮށް، ދަތުރުފަތުރުގެ ނިޒާމު ހަމަޖެއްސުމަށް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.
- އިންޑިއާގެ ސިފައިންގެ މުހިންމު ޚިދުމަތްތައް:
ޖޮއިންޓް އޮޕަރޭޝަން: އިންޑިއާ ސިފައިންގެ އިންޖިނިއަރުން ވަނީ ހަލާކުވެފައިވާ ކިލިނޮޗީ ބްރިޖް މަރާމާތުކޮށް މުހިންމު ގުޅުންތައް އަލުން ގާއިމް ކޮށްދީފައި. - ޑިޕްލޮއިމަންޓް: ވަގުތީ އެހީތެރިކަން ފޯރުކޮށްދިނުމަށް 48 މީހުންގެ އިންޖިނިއަރ ޓާސްކްފޯހެއް ގެނައި.
- މި ޓީމުގައި ހިމެނެނީ ބްރިޖިންގ ތަޖުރިބާކާރުންނާއި، ސާވޭޔަރުންނާއި، ފެނާ ބެހޭ ސްޕެޝަލިސްޓުންނާއި، ބިން ހިއްކުމުގެ ބަރު ސާމާނާއި، ޑްރޯންތަކާއި، އިންސާނުންނާ ނުލައި ނިޒާމުތައް ހިންގާ ފަރާތްތައް.
- އިކުއިޕްމަންޓް: އިންޑިއާގެ ވައިގެ ސިފައިންގެ ސީ‐17 މަތިންދާބޯޓުތަކުން ހަތަރު ސެޓް ބެއިލީ ބްރިޖް ވައިގެ މަގުން ގެނައި
- ނިއުމެޓިކް އުލަނދުތަކާއި، އައުޓްބޯޑް މޯޓަރުތަކާއި، ހެވީ ޕޭލޯޑް ޑްރޯންތައް ވެސް އުދުއްސި
- މެޑިކަލް އެއިޑް: އޮޕަރޭޝަން ސާގަރ ބަންޑޫގެ ދަށުން އިންޑިއާއިން ވަނީ ތޫފާނުގެ އަސަރު ކުރި 5،000 އަށް ވުރެ ގިނަ ބަލިމީހުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދީފަ
- ޑިޕްލޮމެޓިކް ސަޕޯޓް: ފޮރިން ސެކްރެޓަރީ ވިކްރަމް މިސްރީ ސްރީލަންކަގެ ހައިކޮމިޝަނަރު މަހިޝިނީ ކޮލޯންއާ ބައްދަލުކުރައްވައި، އިންޑިއާއިން މިހާރު ދެމުންދާ އިންސާނީ އެހީގެ ތެރެއިން ފުރާނަ ސަލާމަތްކުރާ ބޭހުގެ ކޮންސައިންމަންޓްތައް ހަވާލުކުރެއްވި.
ސްރީލަންކާ ސިފައިންގެ ވެރިޔާ، ލެފްޓިނަންޓް ޖެނެރަލް ބީ.ކޭ.ޖީ.އެމް ލަސަންތާ ރޮޑްރިގޯ، ވަނީ އަމިއްލަފުޅަށް މަސައްކަތް ކުރިއަށްދާ ގޮތް ބައްލަވައިލައްވައި ފައެވެ. އަދި ގަދަ ވަޔާއި ވިއްސާރައިގެ ހާލަތުގައި ވެސް އިންޑިއާގެ ޓީމުން ކުރި މަސައްކަތަށް އޭނާ ތައުރީފު ކުރެއްވިއެވެ. އޭނާ ވިދާޅުވީ، އިންޑިއާގެ ސިފައިންގެ ފަރާތުން ލިބުނު އަވަސް އެހީތެރިކަމަކީ ސްރީލަންކާގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އިންޑިއާގެ "އޮޕަރޭޝަން ސާގަރު ބަންދޫ"ގެ ދަށުންނާއި، އިންސާނީ އެހީގެ ގޮތުގައެވެ. ފާލަންތައް މަރާމާތު ކުރުމުގެ އިތުރުން، ތޫފާނުން އަސަރުކުރި އެތައް ހާސް ރައްޔިތުންނަށް ފަރުވާދިނުމުގެ އެހީތެރިކަން ވެސް ވަނީ ފޯރުކޮށްދީފައެވެ.
މި އެއްބާރުލުމުން ދައްކުވައިދެނީ އިންޑިއާގެ "ނެއިބަރހުޑް ފަސްޓް" ސިޔާސަތާއި، ކާރިސާތަކުގައި ދެ ގައުމުގެ މެދުގައި އިޖާބަދިނުމުގެ ގާބިލިއްޔަތު ކަން އިތުރުވަމުންދާކަމެވެ. މީގެ ސަބަބުން މި ސަރަހައްދުގެ ގައުމުތަކުގެ ގުޅުން ބަދަހިވެ، ކާރިސާތަކަށް ހައްލު ހޯދުމަށް އެއްބާރުލުން ދިނުމުގެ މުހިންމުކަން ވަނީ ހާމަވެފައެވެ.






