ޔަހޫދީން 90 އަހަރުވީ މަހާނައެއް ދެކެ ބިރުން އުޅެނީ ކީއްވެ؟

އިނގިރޭސި އިސްތިޢުމާރާ ދެކޮޅަށް ދިގު މުއްދަތަކަށް ޖިހާދު ކުރެއްވުމަށް އިސްކޮށް އުޅުއްވި ޝައިޚް ޢިއްޒުއްދީން އަލްޤަސާމް ޝަހީދުވެވަޑައިގަތީ 1935 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހުއެވެ. އޭނާ ޝަހީދުވީ ޖެނިންގެ ހުޅަނގު ދެކުނުގައި އޮންނަ ޔައުބާދު އަވަށް ކައިރީގައި އޮންނަ ހޮހަޅައެއްގައި ހުންނަވައިގެން އިނގިރޭސި އިސްތިއުމާރާ ދެކޮޅަށް ބަދަލު ކުރި ހަމަލަތަކުގައެވެ. އޭނާއާއެކު އޭނާގެ ދެބައިވެރިން ކަމަށްވާ ޔޫސުފް އައްޒިބާވީ އާއި ޢަޠިއްޔާ އަލްމަސްރީ ވެސް ޝަހީދުވިއެވެ. މި ތިން ޝުހަދާއިން ވަނީ ފަލަސްޠީނުގެ ހައިފާ ސިޓީއަށް ގެންގޮސް ޖެހިގެން އައި ދުވަހު އެތައް ބަޔަކު ބައިވެރިވި ޖަނާޒާއެއްގައި ފަސްދާނުލާފައެވެ.

މިސްރުގެ އަލްއަޒުހަރުން ތައުލީމު ހާސިލުކުރެއްވި ޢިއްޒުއްދީން އަލްޤައްސާމް ވަނީ އެއަށްފަހު، ފަލަސްޠީނުގެ މިނިވަންކަމުގެ ރަމްޒަކަށްވެ ވަޑައިގެންފައެވެ. ހަމާސްގެ އަސްކަރީ ގޮފީގެ ނަން ޢިއްޒުއްދީން އަލްޤައްސާމް ބްރިގޭޑްގެ ނަން ނިސްބަތް ކޮށްފައިވަނީ އޭނާއަށެވެ.

އޭނާ އަވަރާވިފަހުން 90 އަހަރު ވެފައިވާއިރުވެސް ޔަހޫދީން އޭނާގެ ނަން ދެކެ ބިރު ގަނެއެވެ. މިހާރު ޒަޔަނިސްޓުން ދަނީ އޭނާގެ މަޤްބަރާގެ މަހާނަ ގާނަގައި މަހާނައިގެ ހުރުމަތް ކަނޑާލުމަށް މަސައްކަތް ކުރަމުންނެވެ.

ޔަހޫދީންގެ ޓެރަރިސްޓް ވަޒީރު އިޓާމާރް ބެން ގްވީރު ވަނީ ޝަހީދު ޢިއްޒުއްދީން އަލްޤައްސާމްގެ މަގްބަރާއަށް ޒިޔާރަތްކޮށް އެ މަހާނަ ނަގަން ޖެހޭނެ ކަމަށް ބުނެ ޔަހޫދީ ޒަޔަނސްޓު މީހުންނަށް ހިތްވަރު ދީފައެވެ. މިމީހުންނަކީ ޣައްޒާގައި ހޮލޮކޯސްގައި ޖެނޮސައިޑް ހިންގައި މިލިއަން ފަލަސްޠީނު މީހުން ޝަހީދުކޮށްލި މީހުންނެވެ.

ޝަހީދު ޝެއިޚް އިއްޒުއްދީން އަލްޤައްސާމްގެ ކާފަދަރިފުޅު އިބްތިހާލް އަލްޤައްސާމް ވަނީ އޭނާގެ ކާފަގެ ޒިޔާރަތުގެ ހުރުމަތް ކަނޑާލުމަށް ޔަހޫދީން ކުރާ މަސައްކަތް ކުށްވެރިކޮށްފައެވެ. އިބްތިހާލު ވިދާޅުވީ ޝެއިޚު ޝަހީދުވި ދުވަހުން ފެށިގެން މިހާތަނަށް ވެސް އޭނާގެ ނުފޫޒު ދެމިއޮތްކަން މިހާރުވެސް ސާބިތުވާ ކަމަށެވެ.

ނަސަބު ކަށަވަރު ނުވާ ޔަހޫދީ ކަލޭގެ ވަނީ ޝަހީދު ޢިއްޒުއްދީނަކީ ޓެރަރިސްޓެއް ކަމަށްވެސް ސިފަކޮށްފައެވެ.

ހިއްސާ ކުރައްވާ!