ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ތަރުޖަމާނަކަށް އުސްތާޒް މުޙައްމަދު ފިރުޒުލް ހަމަޖައްސަވައިފި އެވެ. މިކަން ޕާޓީގެ އިސް އޮފިޝަލުން ހާމަކުރެއްވީ މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައެވެ.
ކޮންގްރެސް ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި ޕާޓީގެ ޕީޖީ ގުރޫޕްގެ ލީޑަރު އަދި ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެނޭޖަރު އިބްރާހިމް ފަލާޙު ވިދާޅުވީ ކައުންސިލް އިންތިޚާބުގައި ކޮންގްރެސް ޕާޓީގެ ތަރުޖަމާނަށް ފިރުޒުލް ހަމަޖައްސަވާފައިވާ ކަމަށެވެ. ފަލާޙު ފިރުޒުލް ސިފަ ކުރެއްވީ ޕާޓީގެ އިސް ލީޑަރުންގެ ތެރޭގައި ހިމެނޭ، އިތުބާރު ހިފޭ ޒުވާން ބޭފުޅެއްގެ ގޮތުގަ އެވެ.
ފިރުޒުލް އަކީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަ ސެކެރެޓަރީގެ މަޤާމުގައި ހުންނެވި ބޭފުޅެކެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންތިޚާބީ ރައީސެއްގެ ގޮތުގައި ހުންނެވި ދުވަސްވަރު އެމަނިކުފާނުގެ ތަރުޖަމާނަކަށް ވެސް ހުންނެވީ ފިރުޒުލް އެވެ.
Congress Party Names Mohammed Firzul as Spokesman Ahead of Local Council Elections



