ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ޕްރައިމަރީއަށް ގިނަ އަދަދެއްގެ ކެންޑިޑޭޓުން ކުރިމަތި ލުމަކީ ސަރުކާރުގެ ލާމަރުކަޒީ ނިޒާމަށް ރައްޔިތުންގެ ފުރިހަމަ އިތުބާރު އޮތްކަން ހާމަކޮށްދޭ ކަމެއް ކަމަށް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް ވަމުންދާ ތައްޔާރީއާ ބެހޭ ގޮތުން މައުލުމާތު ދެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، އެއްޕާޓީއަކުން އިންތިޚާބެއްގައި އެންމެގިނަ ކެނޑިޑޭޓުން ފެނިގެންދާނެ ޕާޓީއަކަށް ޕީއެންސީ ވެގެންދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ، މިކަމުން މި ދައްކުވައިދެނީ ލާމަރުކަޒީ ނިޒާމަށާއި ސަރުކާރަށް ރައްޔިތުން ދޭ އިތުބާރެވެ. އަދި ޕީއެންސީގެ ވެރިކަމުގައި ލާމަރުކަޒީ ނިޒާމެއްގެ ތެރެއިން ވެރިކަން ކުރުމަށް ދޭ އަހައްމިއްޔަތު ރައްޔިތުން ރަނގަޅަށް ބަލައި ގަންނަ ކަމެވެ.
މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، މިހާތަނަށް ދިވެހިރާއްޖޭގެ ތާރީޚުގައި ނުފެންނަފަދަ ގިނަ ޢަދަދެއްގެ ކެންޑިޑޭޓުން މި އިންތިޚާބުގައި ޕީއެންސީގެ ފަރާތުން ވާދަކުރާނެ ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމަށް ގެނެވުނު އިސްލާޙުތައް ރައްޔިތުން ބަލައިގެންފައިވާ ކަމަށާއި، ގިނަ ބަޔެއްގެ ބައިވެރިވުން ބައިވެރިވުން ދައްކުވައިދެނީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުންގެ ތާއީދު އޮތް ކަމެވެ.
ޕީއެންސީގެ ރައްޔިތުންގެ މަޖިލީހުގެ ޕާލިމެންޓަރީ ގްރޫޕުގެ ލީޑަރު އިބްރާހީމް ފަލާޙްވެސް ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ޕާޓީގެ ޕްރައިމަރީ ބާއްވަން ގާތްވެފައި ވަނިކޮށް، އަލަށް ގިނަ އަދަދަކަށް މެމްބަރުން ޕާޓީއަށް ވަންނަމުންދާ ކަމަށެވެ. އަދި މިއީ ރަށްރަށުގައި ސަރުކާރުން ހިންގާ ޕްރޮގްރާމްތަކުގެ ދަށުން އާ ފުރުޞަތުތައް ފެންނަމުންދާތީ ރައްޔިތުންގެ ތާއީދު އިތުރުވަމުންދާކަން ހާމަކޮށްދޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޕްރައިމަރީ ގެ ކަންކަން ކުރިއަށް ގެންދިއުމާ ބެހޭ ގޮތުން މިނިސްޓަރ ޢަލީ އިޙްސާން ވިދާޅުވީ، ޕްރައިމަރީގެ ކަންކަން ވަރަށް ރަނގަޅަށް ތަރުތީބު ކުރެވޭ ކަމަށާއި އެންމެންގެ ބައިވެރިވުން ހިމެނޭ ގޮތަށް އެކަން ކުރިއަށް ގެންދެވޭނެ ކަމަށެވެ. އަދި މިއީ އެހެން ޕާޓީތަކަށް ނަމޫނާއަކަށްވާނެ އެކްސައިޒަކަށް ވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
Home Minister Says PNC’s Record Candidate Slate Reflects Public Confidence in Decentralization



