އީރާނުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލި ބާރުގަދަ މިސައިލް ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އެކި ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެއެވެ. މި ހަމަލާތަކުގެ ނަތީޖާ ދައްކުވައިދޭ ރިޕޯޓުތަކެއް އިންޑިއާގެ ނޫސްވެރިއަކު ވަނީ ބައިތު ޝެމޭޝް ސަރަހައްދުން ގެނެސްދީފައެވެ.
ނޫސްވެރިޔާގެ ރިޕޯޓުގައިވާ ގޮތުން، އީރާނުގެ ހަމަލާތަކުން ރައްކާތެރިވުމަށް ހަދާފައިވާ ބިންގަރާހެއް ހިމެނޭ ސަރަހައްދަކަށް އީރާނުގެ 500 ކިލޯގްރާމްގެ ވޯހެޑް ހަރުކޮށްފައިވާ މިސައިލެއް ވަނީ އަރާފައެވެ. މި ހަމަލާގައި އެ ބަންކަރު އެއްކޮށް ސުންނާފަތިވެ، މުޅި ސަރަހައްދަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
މި ބޮން ވެއްޓުނުތަން ހީވަނީ ގައްޒާގެ މަންޒަރެއް ހެންނެވެ. މި ހަމަލާތަކުގައި މިހާތަނަށް އިސްރާއީލުގެ 9 މީހަކު މަރުވެ، 50 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން، މިއަދު ހެނދުނުވެސް އީރާނުން މެދުނުކެނޑި ތިން ގަޑިއިރު ވަންދެން އިސްރާއީލަށް މިސައިލް ހަމަލާތައް ދީފައިވާ ކަމަށް ވެއެވެ.
މި ހާލަތާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި، އިސްރާއީލަށް މިފަދަ ނުރައްކާތެރި ހާލަތެއް ކުރިމަތިވުމުގެ ފަހަތުގައި އޮތީ ޒަޔަނިސްޓު ވިސްނުމެވެ. އިސްރާއީލުން އަބަދުވެސް އީރާނާ ތޮޅެން ބޭނުން ވިއެވެ. އީރާނުން ދަނީ އެކަމުގެ ހިތި ނަތީޖާ ޒަޔަނިސްޓުންނަށް ދައްކަމުންނެވެ.
އީރާނުގެ މި ހަމަލާތަކަކީ އިސްރާއީލުގެ ތާރީޚުގައި މިހާތަނަށް އެއެްވެސް ގައުމަކުން ދީފައިވާ އެންމެ ވަރުގަދަ ހަމަލައެވެ. އިސްރާއީލުން ފެށި ޓެރަރިސްޓް އަމަލުތަކުގެ ސަބަބުން މުޅި ސަރަހައްދު ވަނީ ނުރައްކަލަށް ވައްޓާލާފައެވެ.




