ބިލިއަނުން ޚަރަދުކޮށްގެން ކަރާޗީ ސިޓީގައި ގާއިމުކޮށްފައިވާ އީޗަލަން ނިޒާމުގެ ސައްހަކަމާ މެދު ބޮޑެތި ސުވާލުތަކެއް ކޯޓުގައި އުފައްދައި ސަރުކާރުން މީހުން ޖުރިމާނާކޮށް ހިންގަނީ ސްކޭމެއް ކަން ބޭޒާރުކޮށްލައިފިއެވެ. މި މައްސަލަ ފާހަގވެގެން ދިޔައީ ބަހެއްގެ ދުވެލި ހުންނަން ޖެހޭ މިންވަރަށް ވުރެ މަތިން ކެމެރާތަކަށް ރެކޯޑު ކުރެވުމާ ގުޅިގެންނެވެ.
ޕަބްލިކް ޓްރާންސްޕޯޓުގައި ބޭނުންކުރާ ބަހެއް ޖުރިމާނާކުރި މައްސަލަ ކޯޓުގައި ވަނީ ޗެލެންޖުކޮށްފައެވެ. ބަސް ދުއްވާ މީހުންގެ އެސޯސިއޭޝަންގެ ރައީސް ފާރޫގު އަހުމަދު، ވަނީ އޭނާގެ ވަކީލު މެދުވެރިކޮށް މައްސަލަ ހުށަހަޅައި ސަރުކާރުން ކަރާޗީ މަގުމަތީގައި ކެމެރާތައް ބަހައްޓައިގެން މީހުން އިލްކޓްރޯނިކް ވަސީލަތުގެ ބޭނުން ހިފައި ޖުރިމާނާ ކުރަނީ އޮޅުވާލުމެއްގެ ތެރެއިން ކަމަށް ބުނެފައެވެ.
މި ބަހުގެ މައްސަލަ ބޭޒާރުވީ ބަސް އުފެއްދި ކުންފުނިން އެ ބަސް އެންމެ ބާރު މިނުގައި ދުއްވޭނެ ކަމަށް ކަނޑައަޅާފައި ވަނީ ގަޑިއަކު 120 ކިލޯމީޓަރެވެ. ނަމަވެސް، ކަރާޗީ ފުލުހުން މަގުމަތީގައި ހަރުކޮށްފައިވާ ކެމެރާތަކުން ދައްކާ ގޮތުގައި އެ ބަސް ދުއްވާފައިވަނީ ގަޑިއަކު 160 ކިލޯމީޓަރުގެ ބާރުމިނުގައެވެ. މިއީ އެ އުޅަނދަށް ދުވޭނެ އެންމެ މަތީ ދުވެއްޔަށް ވުރެ ވެސް މާބާރު މިންވަރެއް ކަމަށްވާތީ، މުޅި ނިޒާމުގެ އިތުބާރާ މެދު ވަނީ ސުވާލު އުފައްދާފައެވެ.
މި މައްސަލާގައި ސަރުކާރުގެ އިދާރާތައް ޖަވާބުދާރީ ކުރުވުމަށް އެދި ކޯޓަށް ހުށަހަޅާފައި ވެއެވެ. ވަކީލު ކޯޓުގައި ވިދާޅުވީ، "އުޅަނދަކަށް ދުވޭނެ އެންމެ މަތީ ދުވެއްޔަށް ވުރެ ބާރަށް ދުވިކަމަށް ދައްކައި ކެމެރާގެ މައުލޫމާތަށް ބަލައިގެން ޖުރިމާނާ ފޮނުވުމަކީ ނިޒާމުގެ ބޮޑު އޮޅުވާލުމެއް" ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައިކޯޓުން ވަނީ ކަމާބެހޭ ފަރާތްތަކަށް ޖަވާބުދާރީ ވުމަށް ނޯޓިސް ފޮނުވާފައެވެ. އަދި މިހާރު ހަރުކޮށްފައިވާ ކެމެރާތަކާއި ޓްރެކިން ސިސްޓަމްތަކަކީ މިނިވަން މާހިރުންގެ އެހީގައި ފުރިހަމައަށް ތަހުގީގު ކުރަންޖެހޭ އެއްޗެއް ކަމަށް ވެސް މައްސަލަ ހުށަހެޅި ފަރާތުން ވަނީ ކޯޓުގައި އެދިފައެވެ.






