މައިގްރޭޝަން މޮނިޓަރިންގ އެންޑް ކޮމްޕްލަޔަންސް ޕްރޮގްރާމް (އެމްއެމްސީޕީ) ގެ ދަށުން ހުޅުމާލޭގައި ހިންގި ޚާއްސަ ހަރަކާތްތަކެއްގައި، ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މަހުގެ 14 އަދި 15 ވަނަ ދުވަހު ހުޅުމާލޭގައި ކުރިއަށްގެންދިޔަ މި އޮޕަރޭޝަނުގައި ޖުމްލަ 40 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ. މީގެ ތެރެއިން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ދެ މީހެކެވެ.
މި ޕްރޮގްރާމަކީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީން، ރާއްޖޭގެ އިމިގްރޭޝަން ގާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބާ މިންވަރު ކަށަވަރު ކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ސިލްސިލާ ހަރަކާތެކެވެ. މިގޮތުން މިއަދުވެސް ހުޅުމާލޭގައި މި ޕްރޮގްރާމުގެ ދަށުން މޮނިޓަރިންގ ހަރަކާތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި މިފަދަ އޮޕަރޭޝަންތަކުގެ މައިގަނޑު ބޭނުމަކީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކޮށް، ހުރިހާ ބިދޭސީންނަކީވެސް ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން އުޅޭ ބައެއްކަން ކަށަވަރު ކުރުމެވެ.





