ގަވާއިދާ ޚިލާފަށް އުޅުނު ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް

މާލޭގައި ކުރިއަށްގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 97 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ދެ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މާލޭގެ އެކި ސަރަހައްދުތަކުގައި ރޭ ކުރިއަށްގެންދިޔަ މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދެނެގަނެ، އެފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު ވަރުގަދަކުރުމަށްޓަކައި ޖޮއިންޓް ޓާސްކް ފޯސްއިން ހިންގި އޮޕަރޭޝަނެކެވެ. މޯލްޑިވްސް އިމިގްރޭޝަނުން ހާމަކުރި ގޮތުގައި، މާލޭގެ މަގުމަތިންނާއި ބިދޭސީން އާންމުކޮށް އެއްވެ އުޅޭ ތަންތަނުން ސުވާލުކޮށް، ޖުމްލަ 97 ބިދޭސީއެއްގެ ލިޔެކިޔުންތައް ވަނީ ޗެކްކޮށްފައެވެ.

އިމިގްރޭޝަނުން ބުނި ގޮތުގައި، ފާސްކުރެވުނު މީހުންގެ ތެރެއިން ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަކަން ކަށަވަރުވި ދެ ބިދޭސީއަކު ވަނީ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސް، ޑީޕޯޓްކުރުމުގެ އިދާރީ މަރުޙަލާތައް ފަށާފައެވެ.

ހިއްސާ ކުރައްވާ!