ރައީސް މުޢިއްޒުގެ މޭޔަރުކަމުގައި މާލޭގެ އެއްވެސް ބިމެއް ވިއްކާފައެއް ނުވޭ: ޑެޕިއުޓީ މޭޔަރު އަރީޝް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދެ އަހަރާއި ހަ މަސްދުވަހުގެ ތެރޭގައި، މާލޭގެ އެއްވެސް ބިމެއް ބަޔަކަށް ވިއްކާފައި ނުވާކަމަށާއި އަދި ނުގަވާއިދުން އެއްވެސް ބިމެއް ކުއްޔަށް ދީފައި ނުވާނެކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުޙައްމަދު އަރީޝް ވިދާޅުވެއްޖެއެވެ.

އަރީޝް ވިދާޅުވީ ރައީސް މުޢިއްޒުގެ މޭޔަރުކަމުގެ ދައުރަކީ މާލެ ސިޓީގެ މުނިސިޕަލް ޚިދުމަތްތައް ރަނގަޅުކޮށް، ސިޓީ ފެހިކޮށް، ސާފުތާހިރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވުނު ދުވަސްތަކެއް ކަމަށެވެ. އަދި އެ ދުވަސްވަރު ދީނީ އިޖްތިމާޢީ ރޫޙު އާލާކޮށް، ކޮންމެ ހަފުތާއަކު ގޭގެއަށް ޒިޔާރަތްކޮށް ރައްޔިތުންގެ ހާލު ބަލައި، ރައްޔިތުން އެދޭގޮތަށް ކަންކަން މިސްރާބުކުރެއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.

Deputy Mayor Defends Muizzu’s Record, Rejects Claims of Land Misuse in Malé

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަރީޝް ވަނީ ކެމްޕޭންގައި ދޮގު ވާހަކަ ފެތުރުން ކުށްވެރިކުރައއްވާފައެވެ.

މާލޭގެ މޭޔަރުކަމުގެ ކެމްޕޭނުގައި ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވައި އަރީޝް ވިދާޅުވީ، ހަގީގަތްތައް ހަޖަމު ނުކުރެވިގެން ދޮގު ވާހަކަތައް ދެއްކުމަކީ ދަށުދަރަޖައިގެ އަމަލެއް ކަމަށެވެ. ވަކިން ހާއްސަކޮށް، މޭޔަރުކަމަށް އައުމަށްފަހު ކޯޓުތަކަށް ދުވެ، ދައުވާތައްކޮށް، އަނެކުންނަށް ބިރުދައްކާ "ގޭންގެއްގެ ގޮތުގައި" މާލެ ސިޓީ ހިންގާނެކަމަށް ސިފަވާ ގޮތަށް ވާހަކަދެއްކުމަކީ އަމާޒެއް ނެތް ކެމްޕޭނެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"ލޯކަލް ކައުންސިލްތަކަކީ އޮންނަ ސަރުކާރަކަށް ޖެއްސުންކޮށް ޖަދަލުކުރާން ޤާނޫނީ ގޮތުން އުފައްދާ އިދާރާތަކެއް ނޫން. އެއީ ސަރުކާރާ ގުޅިގެން ރައްޔިތުންނަށް ބޭނުންވާ މުނިސިޕަލް ޚިދުމަތްތަކާއި ރަށްވެހި ތަރައްޤީ ގެނައުމުގެ މަސައްކަތް ކުރާ ތަނެއް،" އަރީސް ވިދާޅުވިއެވެ.

އަރީޝް ވަނީ މޭޔަރުކަމަށް ކުރިމަތިލާފައިބވާ ފަރާތްތަކށް ނަސޭހަތްތެރިވެ ވަޑައިގެންފައެވެ. އަރީޝް އިތުރަށް ވިދާޅުވީ މާލެ ސިޓީއަކީ ވަކި ޕާޓީއެއްގެ ސިޔާސީ ގޮތްޕަކަށް ހަދައިގެން މުޒާހަރާކޮށް ކޯޓުތައް ހައިޖެކް ކުރާ ތަނަކަށް ހަދާނެކަމަށް ބުނެ ކުރާ ކެމްޕޭނަކުން ރައްޔިތުންގެ ވޯޓު އިތުރު ނުވާނެ ކަމަށެވެ. މޭޔަރުކަން ކާމިޔާބުކުރަން ބޭނުންވާނަމަ ދައްކަންވީ މުނިސިޕަލް ޚިދުމަތްތަކަށް ގެންނާނެ ހެޔޮ ބަދަލާއި، ހިޔާވަހިކަމާއި، ރައްޔިތުންނާ ގާތުން މަސައްކަތްކުރާނެ ޕްލޭންތަކުގެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ އިސްތަށިފުޅުގައި އެއްވެސް ހެއްކެއް ނެތް ދޮގު އިލްޒާމުތައް އެޅުވުމަކީ މާލޭގެ މޭޔަރުކަމަށް ކުފޫ ހަމަވާ ޒާތުގެ އަމަލެއް ނޫން ކަމަށް ވިދާޅުވެ، އަރީސް ވަނީ އެފަދަ އަމަލުތައް ކުށްވެރިކުރައްވާފައެވެ.

ހިއްސާ ކުރައްވާ!