ސިއްޖީލް ބޭނުންކޮށްގެން ސަހުޔޫނީންނާއި ސޮލީބީން ބިރުގަންނަވާލައިފި

އިސްރާއީލާއެކު އޮތް ކުރިމަތިލުންތައް ވަރުގަދަވެފައިވާކަން ސާބިތުކޮށްދެމުން، އީރާނުން މިހާރު ކުރިއަށްދާ ހަނގުރާމައިގައި ފުރަތަމަ ފަހަރަށް "ސިއްޖީލް-2″ މެދު ރާސްތާގެ ބެލިސްޓިކް މިސައިލް ބޭނުންކޮށްފިއެވެ. މިއީ ސޮލިޑް ފިއުލް ބޭނުންކުރާ، ދެ މަރުހަލާއަކަށް ބެހިފައިވާ، އަދި 2,000 ކިލޯމީޓަރު ދުރުގައި ހުންނަ އަމާޒުތަކަށް ހަމަލާދިނުމުގެ ގާބިލުކަން ލިބިފައިވާ ހަތިޔާރެކެވެ. ސަރަހައްދީ ދިފާއީ ރިޕޯޓްތަކުން ބުނާ ގޮތުގައި، އުދުހުމުގެ ތެރޭގައި މިސްރާބު ބަދަލުކުރުމުގެ ގާބިލުކަން ހުރުމުގެ ސަބަބުން "ނަށާ މިސައިލް" ގެ ނަމުން މަޝްހޫރުވެފައިވާ މި މިސައިލް އުދުއްސާލާފައިވަނީ ޔަހޫދީ ޖެނޮސައިޑް ނިޒާމަށް ތެހެރާނުން ދިން އެންމެ ފަހުގެ ބަދަލުހިފުމުގެ ހަމަލާތަކުގެ ތެރެއިންނެވެ.

ސިއްޖީލް-2 އަކީ އީރާނުން އަމިއްލައަށް އުފައްދާފައިވާ އެންމެ ކުރިއަރާފައިވާ މިސައިލް ނިޒާމުތަކުގެ ތެރެއިން އެކެކެވެ. މީގައި ބޭނުންކުރާ ފިއުލްގެ ސަބަބުން ވަރަށް އަވަހަށް ހަމަލާއަށް ތައްޔާރުކޮށް އުދުއްސާލެވެއެވެ. މީގެ ސަބަބުން، ދިޔާ ތެޔޮ ބޭނުންކުރާ ބާވަތުގެ ބޯދާ މިސައިލްތަކާ އަޅާބަލާއިރު، މި މިސައިލް ދެނެގަތުމާއި ހަމަލާދިނުމުގެ ކުރިން ހުއްޓުވުން އުނދަގޫވެއެވެ. މުހައްލިލުން ފާހަގަކުރާ ގޮތުގައި، މިސައިލް އަމާޒަށް ވާސިލުވާ ފަހު މަރުހަލާގައި މިސްރާބު ބަދަލުކުރެވޭ ގޮތަށް ފަރުމާކޮށްފައިވަނީ މިސައިލް ދިފާއީ ނިޒާމުތަކުން މިއަށް ހުރަސްއެޅުން ހުއްޓުވުމަށެވެ.

އީރާނުގެ އޮފިޝަލުން ސިއްޖީލް ބޭނުންކޮށްގެން ހަމަލާދިން ސީދާ އަމާޒުތައް ވަނީ ސިއްރު ކޮށްފައެވެ. ނަމަވެސް އީރާނުން ހަމަލަ ދެނީ ސިފައިންގެ ގެތަކަށާއި ޖާސޫސީ އިރާތާގެ އޮފިސްތަކަށާއި އސްކަރީ ތަންތަނަށެވެ. އަދި އެއިން ކޮންމެ ތަނަކަށް ތަކުރާރުކޮށް ހަމަލަ ދެމުން ދެއެވެ. އީރާނުން ފޮނުވާލާ މިސައިލެއް މިއިން އަމާޒަކަށް ވާސިލުވެ ގޮވުމަށް ނަގަނީ ޔަހޫދީއަކު ސިގިރޭޓެއް ރޯކޮށްލައިގެން ދަމާލުމަށް ނަގާ ވަރުގެ ވަގުތުކޮޅެކެވެ! އެންމެ 4 މިނެޓެވެ.

ސިއްޖީލް-2 ބޭނުންކުރުމަކީ އީރާނުގެ ސްޓްރެޓީޖިކް މިސައިލް ހަނގުރާމައިގެ މައިދާނަށް ނެރުމަށް އެގައުމުން ތައްޔާރަށް އޮތްކަމުގެ ނިޝާނެކެވެ.

ސިއްޖީލް ނެރެފައިވަނީ ސްޓްރެޓެޖިކް ވަގުތެއްގައެވެ. ޔަހޫދީންގެ ސިފާއީ މިސައިލް މަދުވެ އެމެރިކާ ގާތުގައި އެހީއަށް ވަނީ އެދިފައެވެ. އެމެރިކާއިން އެކަމަށް އިޖާބަ ދީފައެއް ނުވެއެވެ. އެހެންވެ، މި މިސައިލް އޭގެ އަމާޒަށް ވާސިލުވާނެކަން ޔަގީނެވެ.

ދިފާއީ މުހައްލިލުން ބުނާ ގޮތުގައި މީގެ ސަބަބުން ހަނގުރާމައިގެ އަސްކަރީ މިސްރާބު ބަދަލުވެގެން ދާތަން ފެނިދާނެއެވެ.

ސިއްޖީލް-2 ފުރަތަމަ ފަހަރަށް އާންމުކޮށް ޓެސްޓުކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ. މިއިން ދޭހަވަނީ ދުރު ރާސްތާގެ ހަމަލާދިނުމުގެ ގާބިލުކަމަށް ތެހެރާނުން އޮތް އިތުބާރު ބޮޑުވަމުންދާ ކަމެވެ. އަސްކަރީ މުހައްލިލުން އިންޒާރު ދޭ ގޮތުގައި މިފަދަ ކުރިއަރާފައިވާ ނިޒާމުތައް ބޭނުންކުރުމުން ސަރަހައްދީ ނުތަނަވަސްކަން އިތުރަށް ގޯސްވެގެންދާނެއެވެ. މި މިސައިލް ހަމަލާ ދީފައިވަނީ ހަނގުރާމައަށް 16 ދުވަސް ވެފައިވަނިކޮށެވެ.

މާނައަކީ އީރާނަށް އަދިވެސް ހިފަހައްޓާލެވޭނެ ކަމެވެ. އަދި އެމެރިކާ ސިފައިންނަށް މާކަނޑުގައިވެސް ނުރައްކާ ކުރެވިދާނެ ކަމެވެ.

ހިއްސާ ކުރައްވާ!