ﷲ أكبر! ތެލްއަވީވްގެ މެދު ތެރޭގައި އީރާންގެ ކޮމާންޑޯޒް އިން ކާމިޔާބު އޮޕަރޭޝަނެއް ގައި

ތެލް އަބީބުގެ މެދުތެރޭގައި އީރާނު ކޮމާންޑޯސް އިން އެއްގަމު މަގުން އަސްކަރީ އޮޕަރޭޝަނެއް ހިންގައިފިއެވެ.
މިއީ މެދުއިރުމަތީގައި ޔަހޫދީ ދައުލަތް އިންދި ފަހުން ހިންގި އެންމެ ނުރައްކާތެރި އަދި ތާރީޚުގައި ވެސް މުސްލިމު ގައުމަކުން ހިންގި މިފަދަ ފުރަތަމަ އޮޕަރޭޝަނެވެ.

މި އޮޕަރޭޝަން ކުރިއަށްދިޔައީ އީރާނާއި "ހިޒްބުﷲ" ގެ ހަނގުރާމަވެރިން ގުޅިގެން ފޮނުވާލި މިސައިލް ހަމަލާތަކާ އެކުގައެވެ.

އިސްލާމީ އިންގިލާބީ ގާޑުން  ކަމަށްވާ ރިވޮލިއުޝަނަރީ ގާޑްސް ވަނީ ފުރަތަމަ ފަހަރަށް ޔަހޫދީ ދައުލަތަށް "ހާއްޖު ގާސިމް" މިސައިލްގެ އިތުރުން "ޚައިބަރު މިސައިލްއާއި"، "ފައްތާހު" އަދި "ސައްޖީލް" މިސައިލްތައް ބޭނުންކޮށްގން ތަކުރާރު ހަމަލަތަކެއް ދީފައެވެ. ބައެއް ތަންތަނަށް އެފަހަރަށް ވުރެން ގިނައިން ހަމަލަތައް އަމާޒުކޮށްފައި ވެއެވެ. ހިޒްބުﷲ އިން ވެސް ވަނީ 100 މިސައިލް ފޮނުވާލާފައެވެ.

މި މިސައިލްތައް އޭގެ އަމާޒުތަކަށް ވަރަށް ސީދާކޮށް އަރާފައިވާކަމަށް އިޒްރޭލުގެ ކުއްލި ހާލަތުގައި ހަރަކާތްތެރިވާ ރެޑް ސްޓާ އޮފް ޑޭވިޑް ޖަމުއިއްޔާ އިން ވަނީ އެއްބަސްވެފައެވެ.

މިސައިލްތައް ފޮނުވާލީ 21 ވަނަ ގަރުނުގެ އެންމެ މުހިންމު އަސްކަރީ ހާދިސާ ގެ ނިވާފަތްގަނޑެއްގެ ގޮތުގައެވެ. އެއީ، އީރާނުގެ އެއްގަމު ސިފައިން ތަލް އަބީބުގެ މެދުތެރެއަށް ވަދެގަތުމަށެވެ.

އިންގިލާބީ ގާޑުންގެ ޚާއްޞަ އޮޕަރޭޝަންތަކާ ބެހޭ ކޮމާންޑޯ ފައުޖުތަކުން ވަނީ ހިފާފައިޥާ ފަލަސްޠީނުގެ ބިންތަކުގައި ވަރުގަދަ އޮޕަރޭޝަނެއް ހިންގައި ފައެވެ.

ޒަޔަނިސްޓް ސަލާމަތީ މަޖިލީހުގެ (ކެބިނެޓް) ވަޒީރަކަށް އަމާޒުކޮށް ހަމަލާދިނުމުގައި ކާމިޔާބީ ހޯދާފައި ވާކަމަށް ވެއެވެ.

މި ހަމަލާ ދީފައި ވަނީ "އީރާނުގެ އެލީޓް ގްރޫޕްތައް" ތެލް އަބީބުގެ ކެބިނެޓް މެންބަރުން ދިރިއުޅޭ ހައްސާސް ސަރަހައްދަކަށް ގޮސްގެންނެވެ.

ޔަހޫދީ މީޑިއާއިން މިކަން ސިއްރުކުރަން މަސައްކަތް ކުރި ނަމަވެސް، އިސްތިއުމާރީ ދައުލަތުން ވަނީ ނުސީދާކޮށް މިކަމަށް އެއްބަސްވެފައެވެ.

"ހަދުޝޮތު ބެޒްމާން" ވެބްސައިޓުން ވަނީ ތެލް އަބީބުގައި ސަރުކާރުގެ އިސްވެރިން ދިރިއުޅޭ ސަރަހައްދެއްގައި ގޮތްނޭނގޭ ގޮވުންތަކެއް ގޮވައިފިކަމަށް އެއްބަސްވެފައެވެ. އަދި ކޮންމެވެސް ބަޔަކާއި ޔަހޫދީ ސިފައިންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވާކަން ވެސް ރިޕޯޓު ކޮށްފައެވެ. އެއީ ކޮން ބަޔެއްކަން ހާމައެއް ނުކުރެއެވެ.

އިބްރާނީ ބަހުން ނެރޭ ސަރުކާރާ ދެކޮޅު "ޔެދިއޮތް އަހްރޮނޮތް" ނޫހުން ބުނިގޮތުގައި، އީރާނުގެ އެލީޓް ފައުޖުތަކުން ނާޒުކު ސަރަހައްދެއްގައި ހުރި ގެއަކަށް ދިން ހަމަލާއާ ގުޅިގެން ލިބުނު ގެއްލުންތަކުގެ ތަފްސީލް ހާމަކުރުން އަސްކަރީ ސެންސަރުން ވަނީ މަނާކޮށްފައި ކަމަށެވެ.

ލައިވްޔޫއޭއެމްޕް ވެބްސައިޓުން ވަނީ ތެލް އަބީބު ސަރަހައްދުގައި ވަރުގަދަ ގޮވުމެއް ގޮވިކަމށާއި އެއީ "އެތެރޭގައި ހިނގާފައިވާ ސަލާމަތީ ހާދިސާއެއް" ކަމަށް ބުނެފައެވެ.

މި އޮޕަރޭޝަނަކީ އީރާނުން ޔަހޫދީ ދައުލަތުގެ ވެރިންނާ ދެކޮޅަށް ބަދަލު ހިފުމަށް ހިނގާ އޮޕަރޭޝަނެއް ކަމަށް ފާރިސީ މީޑިއާއިން ބުނެއެވެ.

ހިއްސާ ކުރައްވާ!