ފޮޓޯއިން: ޔަހޫދީންގެ ޓެރަރިސްޓް ހަމަލައެއްގައި އަންހެނުން ޝަހީދުކޮށްފި

އެހެން ހުރިހާ އަންހެނުންނެކޭ އެއްފަދައިން، ފަލަސްޠީނުގެ ޚަލީލު ސިޓީއާ ކައިރީގައިވާ ބައިތު އައްވާ އަވަށުގެ އަންހެނުންތަކެއް އީދަށް ތައްޔާރުވުމުގެ ގޮތުން ރަމަޟާން މަހުގެ ފަހު ދުވަސްތަކުގައި ބޯކޮށައި ފޭޗަލް ހައްދައި ރީތި ވެލުމަށް ސެލޫނަކަށް ދިޔައެވެ.

އެމީހުން ދިޔަ ސެލޫނަކީ، އުމުރުން 33 އަހަރުގެ ސާހިރާ މުސާލަމާގެ ސެލޫނެވެ.
ޔަހޫދީންނަށް އެ ސެލޫނުގައި 10 އަންހެނުން ތިބި ކަން އެނގެއެވެ.
އެ ސެލޫނުގައި ތިބި 10 އަންހެނުންގެ ތެރޭގައި މާބަނޑު އަންހެނުން ތިބިކަންވެސް ޔަހޫދީންނަށް އެނގެއެވެ.

ޣައްޒާގެ ޖެނޮސައިޑަށް ފަހު ޔަހޫދީ ޖެނޮސައިދް ފޯސްއިން ވަނީ ހުޅަނގު އައްސޭރީގައި ޓެރަރިސްޓް ހަމަލަތައް އިތުރުކޮށްފައެވެ. ސިފައިންވެސް ހަމަލަ ދެމުން ދެއެވެ. އަދި ސިފައިންގެ ނިވަލުގައި އެމީހުންގެ އެހީތެރިކަމާއެކު ޔަހޫދީ ވަޒަންވެރިންވެސް ފަލަސްޠީނު މީހުންނަށް ޓެރަރިސްޓް ހަމަލަ ދެމުން ދެއެވެ.

10 އަންހެނުން ސާހިރާ މުސާލަމާގެ ސެލޫނުގައި ތިއްބައި ޔަހޫދީން ފޮނުވާލި މިސައިލުން އެތަނުގެ ފުރާޅުގެ ޓިނު ވިރުވާލައި އެތެރެއަށް ފައިބައިގެން ގޮއްވާލި އެވެ. 

10 އަންހެނުން ޝަހީދުކޮށްލި އެވެ. މާބަނޑު އަންހެނުންނާއި އެންމެން ޝަހީދުވީއެވެ.

ފިތުރު އީދުވިލޭރޭ ބައިތު ޢައްވާއަށް އޮތީ މޮޅިވެރިކަމެއް ވެރިވެފައެވެ. 

ހިއްސާ ކުރައްވާ!