އަރަބިންނާއި މުސްލިމުން އެނގެން ބޭނުން ނުވާ ލަދު ހުތުރު ކަމެއް!

އިސްރާއީލުގެ ޖެނޮސައިޑް ސިފައިން އަޅާފައިވާ، ކުރިން ދުވަހަކުވެސް ފެނިފައިނުވާ ފަދަ ހަރުކަށި ހުރަސްތަކުގެ ސަބަބުން، ފަލަސްތީނުގެ އެތައް ހާސް މުސްލިމުންނަކަށް މަސްޖިދުލް އަޤްޞާ ގައިވެސް އަދި ޚަލީލުގެ މަސްޖިދުލް އިބްރާހީމީގައިވެސް ފިތުރު އީދު ނަމާދެއް ނުކުރެވުނެވެ. މިދެ މިސްކިތަކީ ފަލަސްޠީނުގެ އެންމެ މުގައްދަސް ދެ މސިްކިތެވެ.

އަދި އިސްތިއުމާރުކޮށްފައިވާ ޤުދުސްގައި، 1967 ވަނަ އަހަރު އެ ސިޓީ ހިފި ފަހުން ފެނިފައިނުވާ ފަދަ ކަމެއް ވަނީ ހިނގާފައެވެ. ޔަހޫދީންގެ ކަމާބެހޭ ފަރާތްތަކުން މިއަދު ވަނީ މަސްޖިދުލް އަޤްޞާއަށް ވަނުމާއި އެ މސިްކިތުގައި ފިޠުރުޢީދު ނަމާދު ކުރުން މުޅިން މަނާކޮށްފައެވެ.

ޔަހޫދީން ވަނީ ބާބުލް ޢަމޫދާއި ބާބުއްސާހިރާ ކައިރީގައި ނަމާދުކުރަން އުޅުނު މީހުންނަށް ކަރުނަ ގޭހުން ހަމަލަ ދީފައެވެ.

ޔަހޫދީންގެ  ހުރަސް އެޅުމާއެކުވެސް މުސްލިމުން ވަނީ މަސްޖިދުލްއަޤްޞާގެ މުންނާރުތަކުން ޢީދުގެ ތަކްބީރުގެ އަޑު އިއްވާފައެވެ.

ބަރަކާތްތެރި ރަމަޟާން މަސް އެއްކޮށް މަސްޖިދުލް އަޤްޞާ ބަންދުކުރުމުންވެސް މުސްލިމުންނާއި އަރަބިން އެކަމަށް ދެކޮޅުހަދައި ޔަހޫދީންނަށް ފިއްތަން މަސައްކަތް ކޮށްފައެއް ނުވެއެވެ. އަދި އާދައިގެ މަތިން ބާއްވާ ސައްލާ ބައްދަލުވުމެއްވެސް މި މައްސަލާގައި ބާއްވާފައެއް ނުވެއެވެ.

ހުޅަނގު އައްސޭރީގެ ދެކުނުން އޮންނަ ޚަލީލް ސިޓީގައި، ޔަހުދީން އިބްރާހީމީ މިސްކިތަށް މީހުން ވަނުމަށް ހުރަސްއެޅުމުން އެ މިސްކިތުގައި އީދު މަނާދުކުރީ ވަގަށް ކުރިން އެތަށް ވަދެފައި ތިބި 80 މީހުންގެ ޖަމާއަތަކުންނެވެ.

އިބްރާހީމީ މިސްކިތުގެ ޑައިރެކްޓަރު މުޢުތަޒް އަބޫ ސުނައިނާ ވިދާޅުވި ގޮތުގައި، ޔަހޫދީން ވަނީ މިސްކިތަށް ވަންނަ ދޮރުތައް ބަންދުކޮށްފައެވެ.

1994 ވަނަ އަހަރު ޔަހޫދީ ވަޒަންވެރިއަކު ަކަމށްވާ ބަރޫޗް ގޯލްޑްސްޓެއިން މީހުން ފަތިސްނަމާދަށް ތިއްބައި ދިން ޓެރަރިސްޓް ހަމަލާއެއްގައި 29 މުސައްލީން ޝަހީދުވުމަށް ފަހު ޔަހޫދީން ވަނީ އިބްރާހީ މީސްކިތް ބަހާލައި ބޮޑު ޔަހޫދީންނަށް ދީފައެވެ. މސްލިމުންނަށް ދީފައި ވަނީ މިސްކިތުގެ 30 އިންސައްތައެވެ. މިކަމަށްވެސް އަރަބިންނާއި އުންމަތުގެ މީހުންނަށް ކުރެވުނު ކަމެއް ހަރާމުން ހަރާމެވެ!

ހިއްސާ ކުރައްވާ!