ދެކުނުގެ 4 އަތޮޅު ވައިގެ މަގުން ގުޅުވާލުން: ދަތުރުފަތުރުގެ އާ ވިއުގައެއް

ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އަންނަމުންދާ ބޮޑެތި ބަދަލުތަކުގެ ތެރެއިން، ރާއްޖޭގެ އެންމެ ދެކުނުން އޮތް ހަތަރު އަތޮޅު ވައިގެ މަގުން ގުޅުވާލުމަށް ސަރުކާރާއި ގައުމީ އެއާލައިން މޯލްޑިވިއަނުން ފަށާފައިވާ މަސައްކަތަކީ ދެކުނުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ލުޔެކެވެ. މި މަޝްރޫއުގެ ދަށުން ގއ. އަތޮޅާއި، ގދ. އަތޮޅާއި، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ އެއް ވިއުގައަކުން ގުޅާލުމަށް ވަނީ ނިންމާފައެވެ.

މި ޚިދުމަތް ފެށުމަށްޓަކައި މޯލްޑިވިއަނުން ވަނީ އެ އެއާލައިނުގެ ޓްވިން އޮޓާ ޑީއެޗްސީ 6 300 މަރކާގެ ބޯޓުތަކުގެ ތެރެއިން ބޯޓެއް ހާއްސަ ގޮތަކަށް ބަދަލުކޮށްފައެވެ. ކުރިން ކަނޑަށް ޖައްސާ ގޮތަށް އޮތް މި ބޯޓު މިހާރު ވަނީ އެއްގަމުގެ ރަންވޭތަކަށް ޖެއްސޭ ގޮތަށް ފުރޮޅުލީ ބޯޓަކަށް ބަދަލުކޮށްފައެވެ. މީގެ ސަބަބުން އައްޑޫ ގަން، ފުވައްމުލައް، ކާޑެއްދޫ އަދި ކޫއްޑޫ އެއާޕޯޓަށް މި ބޯޓުތަކަށް ފަސޭހަކަމާއެކު ޖެއްސޭނެއެވެ.

ޑީ ހެވިލަންޑް ކެނެޑާގެ މި ބޯޓަކީ 15 މީހުންގެ ޖާގައިގެ، ކުރު ރަންވޭތަކުން އުދުއްސާލުމާއި ޖެއްސުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. ރާއްޖޭގައި އާންމުކޮށް ސީޕްލޭންގެ ގޮތުގައި ބޭނުންކުރާ މި ބޯޓުތަކަކީ ވަރަށް އަވަހަށް ދަތުރުތަކަށް ތައްޔާރުކޮށްލެވޭ، ދެކުނުގެ އަތޮޅުތަކުގެ ކުރު ދަތުރުތަކަށް އެންމެ އެކަށީގެންވާ ވަސީލަތެވެ. މި ހިދުމަތުގެ ސަބަބުން ރިސޯޓުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

މޯލްޑިވިއަނުން ވަނީ މި ދަތުރުތަކަށް ހާއްސަ އަގުތަކެއް ކަނޑައަޅާފައެވެ. އެގޮތުން ގަން އަދި ފުވައްމުލަކާ ދެމެދު 500 ރުފިޔާއަށް ދަތުރުކުރެވޭއިރު، ފުވައްމުލަކުން ކޫއްޑޫ ނުވަތަ ކާޑެއްދޫއަށް 650 ރުފިޔާއަށް ދަތުރުކުރެވޭނެއެވެ. އަދި ގަމުން ކާޑެއްދޫ ނުވަތަ ކޫއްޑޫއަށް ދަތުރުކުރެވޭނީ 900 ރުފިޔާއަށެވެ. މި އަގުތަކަކީ އާންމު ރައްޔިތުންނަށް އަތްފޯރާފަށުގެ އަގުތަކަކަށް ވުމުން، ބޭސްފަރުވާއަށާއި އެހެނިހެން ބޭނުންތަކަށް އަތޮޅުތަކުގެ މެދުގައި ކުރާ ދަތުރުތައް އިތުރުވެގެންދާނެއެވެ.

"… މިހާރު އަޅުގަނޑުމެން ތެރޭގައި ވާހަކަ ދައްކާ ކަމެއް، ބޮޑެތި ރަށްރަށުގައި ބިން އޮތް ރަށްރަށުގައި ނޫނީ އެހާ ބިން ބޮޑު ނޫނަސް ހަަމަ ކޮންމެވެސް ވަރަކަށް އެއާސްޓްރިޕެއް (ހެދުން)، މި ގެންގުޅޭ ކުދިކުދި ސީޕްލޭން ސައިޒުގެ ބޯޓްތަކުގައި ވީލް ހަރުކޮށްފައި ގޮސް ޖެއްސޭނެ ވަރުގެ ލޭންޑިން ސްޓްރިޕެއް ހަދާފައި އޭރުން ވަރަށް ގިނަ ރަށްތަކުގައި ގޮސް ޖެއްސޭނެ ރޭގަނޑު ވެސް،" ރައީސް ޑރ. މުޢިއްޒު

ޓްރާންސްޕޯޓް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ފަށާ މި މަސައްކަތަކީ ދެކުނުގެ ކަނެކްޓިވިޓީ ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ފަދައިން، ގިނަ އެއާޕޯޓުތަކެއް ހެދުމުގެ ބަދަލުގައި އެއާސްޓްރިޕްތައް ހަދައިގެން ކުދި މަތިންދާބޯޓުތައް ބޭނުންކުރުމަކީ ހަރަދު ކުޑަ އަދި ނަތީޖާ ނެރެވޭނެ ގޮތެކެވެ. މީގެ ސަބަބުން ދެކުނުގެ ފަތުރުވެރިކަމަށާއި ވިޔަފާރިއަށް އާ ދިރުމެއް ލިބިގެންދާނެއެވެ.

New Airport Project in Dhihdhoo Begins With Arrival of Mega Dredger

ދެކުނުގެ ހަތަރު އަތޮޅު ވައިގެ މަގުން ގުޅުވާލުމަކީ އެ ސަރަހައްދުގެ ތަރައްގީއަށް އެޅޭ ވަރަށް މުހިންމު ބިންގަލެކެވެ. މޯލްޑިވިއަންގެ މި އާ ހިދުމަތާއެކު، ދަތުރުފަތުރުގެ ދަތިތަކަށް ހައްލެއް ލިބި، އިތުބާރު ހުރި އަދި އަވަސް ނިޒާމެއް ގާއިމުވެގެންދާނެއެވެ. މިއީ ރާއްޖޭގެ އެކި ކަންކޮޅުތައް ގުޅާލުމަށް ކުރެވޭ މަސައްކަތުގައި ލިބުނު ބޮޑު ކުރިއެރުމެކެވެ.

ތިބާގެ މައުލޫމާތު ވަޒަންކޮށްލުމަށް: ރާއްޖޭގައި އޮންނަނީ ކިތައް އެއރޕޯޓްތަ؟

ޖަވާބު: 20 އެއަރޕޯޓް!

ހިއްސާ ކުރައްވާ!