ހިފާފައިވާ ފަލަސްޠީނުގައި އިންދާފައިވާ އިޒްރޭލުގެ ދެކުނުގައިވާ ޑިމޯނާ ސަރަޙައްދަށް އަމާޒުކޮށް އީރާނުން ދިން ކާމިޔާބު މިސައިލް ހަމަލާތަކާ ގުޅިގެން، އެ ސަރަޙައްދުގެ ސުކޫލުތައް ބަންދުކޮށް، ގެއިން ބޭރަށް ނިކުތުން މަނާކޮށް އެއްވެ އުޅުން އިޒްރޭލުން މަނާކޮށްފިއެވެ.
އިޒްރޭލުގެ ހޯމް ފްރަންޓް ކޮމާންޑާ ހަވާލާދީ އެގައުމުގެ ކޭން ބްރޯޑްކާސްޓަރު ފަތުރާފައިވާ ޚަބަރުތައް ބުނާގޮތުން، މި ފިޔަވަޅުތައް އަންގާރަ ދުވަހުގެ ނިޔަލަށް ދެމިއޮންނާނެއެވެ. މިގޮތުން ނަގަބް ސަހަރާ، ލަކިޝް އަދި ބަހުރުލްމައްޔިތު / ޑެޑްސި ސަރަޙައްދުތަކުގައި 50 އަށްވުރެ ގިނަ މީހުން އެއްވެ އުޅުން މިހާރު ވަނީ މަނާކޮށްފައެވެ.

ކޭން ބްރޯޑްކާސްޓަރު އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ސަރަޙައްދުތަކުގައި ބޮޑެތި އެއްވުންތައް ބޭއްވޭނީ ހަމައެކަނި މިސައިލް ހަމަލާއެއްގެ އިންޒާރު ލިބޭ ހިނދު، އެ އެއްވުމެއްގެ ބައިވެރިންނަށް ރައްކާތެރި ތަންތަނަށް ވަދެވޭނެ އިންތިޒާމު ހމަޖެހިފައިވާނަމަ އެކަންޏެވެ.
މީގެ އިތުރުން، އިޒްރޭލުގެ އެޑިއުކޭޝަން މިނިސްޓްރީން ވަނީ ހޯމަ ދުވަހާހަމައަށް މުޅި އިޒްރޭލުގެ ހުރިހާ ސުކޫލުތަކެއްގެ ކިޔެވުން މެދުކަނޑާލާފައިވާކަން އިޢުލާނުކޮށްފައެވެ.
މި ހަރުކަށި ފިޔަވަޅުތައް އަޅާފައިވަނީ އީރާނުން ދޭ މިސައިލް ހަމަލަތައް ހުރަހަކާ ނުލައި އޭގެ އަމާޒަށް ކާމިޔާބު ކަމާއެކު ވާސިލު ވަމުންދާތީއެވެ.
ޣައްޒާއަށް ބޮން އަޅަމުން ދިޔައިރު މިތިބީ ޔަހޫދީން ކުޅި ބަލާށެވެ! މިހާރު އެމީހުންގެ ހާލު ޣައްޒާ މީހުންނަށް ވުރެން ބޮޑެވެ!





