ފައިލް ފޮޓޯ
ފައިލް ފޮޓޯ

އީރާނުން ފޮނުވާލި ކާމިޔާބު މިސައިލްތަކަކާ ގުޅިގެން އިސްރާއީލުގެ ބެން ގޫރިއަން އެއާޕޯޓު ހުސްކޮށްފި

އީރާނުން އިސްރާއީލަށް އަމާޒުކޮށް ކާމިޔާބު ކަމާއެކު ފޮނުވާލި މިސައިލް ހަމަލާތަކަކާ ގުޅިގެން، ތަލް އަވީވްގެ ބެން ގޫރިއަން އެއާޕޯޓުގައި ތިބި ފަސިންޖަރުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށް އެއާޕޯޓު ހުސްކޮށްފިއެވެ. އިސްރާއީލުގެ މީޑިއާން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ މިސައިލް ހަމަލާތަކުގެ އިންޒާރުދޭ ސައިރަންގެ އަޑުތައް ގަދަ ވުމާއެކުގައެވެ.

އިސްރާއީލުގެ ޗެނަލް 12 އިން ބުނި ގޮތުގައި، އީރާނުން ފޮނުވާލި މިސައިލްތައް ހުއްޓުވުމަށް އިސްރާއީލުގެ ދިފާއީ ނިޒާމުން ވަނީ ނާކާމިޔާބ ު ވެފައެވެ. އިސްރާއީލުގެ މެދުތެރޭ ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކެއްގެ އަޑު ވެސް ދަނީ އިވެމުންނެވެ. މި ހާދިސާއާ ގުޅިގެން އެއާޕޯޓުގައި ތިބި ހުރިހާ ފަސިންޖަރުން ވަނީ ރައްކާތެރި ބަންކަރުތަކަށް ވައްދާފައެވެ.

އިސްރާއީލުގެ ހާރެޓްޒް ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އީރާނުން ފޮނުވާލި މިސައިލްތަކަކީ "ކްލަސްޓާ" ބާވަތުގެ ގޮވާތަކެތި ހިމެނޭ މިސައިލްތަކެއް ކަމަށް ބެލެވެއެވެ. މިއީ އެއް މިސައިލުން އެތައް މިސައިލެއް ވިހާ ޒާތުގެ އީރާނުން އަލަށ ްބޭނުން ކުރަން ފަށާފައިވާ މިސައިލްގެ ނިޒާމެކެވެ. މީގެ އިތުރުން، އިސްރާއީލް ހަޔޯމް ނޫހުން ބުނެފައިވަނީ ދެކުނުގެ ސިޓީއެއް ކަމަށްވާ ހިފާފައިވާ ފަލަސްޠީނުގެ އަސްގަލާންގެ އިމާރާތަކަށް މިސައިލެއް ވެއްޓި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.

މި ހަމަލާތަކުގައި މިސައިލް ދެކުނު އިސްރާއީލުގެ ޔަދު މުރުދަޚައި ސަރަހައްދަށް ވެސް ވެއްޓިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެ ސަރަހައްދުގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށާއި، މުދަލަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ. ގެއްލުން ލިބުނަސް މިވެރިން ގޮދު ހަދަމުން އެެކަން ސިއްރުޔ ކުރެއެވެ.

ހިއްސާ ކުރައްވާ!