ޖެނޮސައިޑް ހިންގާ ޔަހޫދީންގެ އަނިޔާވެރިކަން: 2 އަހަރުގެ ކުއްޖެއްގެ ގައިގައި އަލިފާން ޖަހައިފި

ޣައްޒާގައި އިސްރާއީލުގެ ޔަހޫދީ ޖެނޮސައިޑް ސިފައިން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން، ދެ އަހަރުގެ ކުޑަކުއްޖެއްގެ ގައިގައި އަލިފާން ޖަހައި، އެ ކުއްޖާގެ ބައްޕައަށް މަޖުބޫރުކޮށްގެން މައުލޫމާތު ހޯދަން މަސައްކަތްކުރި ހިތާމަވެރި ހާދިސާއެއް ފެންމަތިވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ ޣައްޒާގެ މެދުތެރޭގައި އޮންނަ އަލްމަޣާޒީ ސަރަހައްދުގެ އިރުމަތީ ބިތުގައެވެ.

މި ހާދިސާގެ ޝިކާރައަކަށްވީ އުސާމާ އަބޫ ނަޞާރު ނަމަކަށް ކިޔާ ޒުވާނަކާއި އޭނާގެ ދެ އަހަރުގެ ތުއްތު ދަރިފުޅެވެ. އާއިލާ ބަލަހައްޓަން ގެންގުޅުނު އަސް މަރުވުމާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާ އުސާމާ، އޭނާގެ ދަރިފުޅާއެކު ބޭރަށް ނުކުތީ ބައެއް ތަކެތި ގަތުމަށެވެ. ނަމަވެސް، ކުއްލިއަކަށް ޔަހޫދީ ސިފައިންގެ ބަޑީގެ ހަމަލާތަކެއްގެ މެދުގައި އޭނާ ތާށިވިއެވެ.

މަންޒަރު ދުށް މީހުން ކިޔައިދިން ގޮތުގައި، ޔަހޫދީންގެ "ކުއަޑްކޮޕްޓަރު" ޑްރޯންތަކުން އުސާމާއަށް މަޖުބޫރުކުރީ އޭނާގެ ދަރިފުޅު ބިންމަތީގައި ބޭންދުމަށްފަހު ޔަހޫދީ ސިފައިންގެ ބަޔަކާ ދިމާއަށް ދިއުމަށެވެ. އެއަށްފަހު، ޔަހޫދީ ސިފައިން ވަނީ އޭނާގެ އަންނައުނު ބާލުވައި، އޮރިޔާންކޮށް އޭނާއާ ސުވާލުކުރަން ފަށާފައެވެ.

ތަހުގީގުގެ ތެރޭގައި އުސާމާ ލައްވައި އިއުތިރާފް ބަޔާނެއް ހޯދުމަށްޓަކައި، ޔަހޫދީ ސިފައިން ވަނީ އޭނާގެ ކުރިމަތީގައި އޡޭނާގެ ދެ އަހަރުގެ ދަރިފުޅު ރަހީނުކޮށް، އެ ކުއްޖާގެ ގައިގައި އަލިފާން ޖަހައިގެން އަނިޔާކޮށްފައެވެ. އެމީހުން އެކުއްޖާގެ ގައިގައި ސިގިރޭޓުން އެތައް ތަނެއްގައި އަލިފާްނ ޖެއްސެވެ. މިއީ ބައްޕައަށް ނަފްސާނީ ގޮތުން ބިރުދައްކައި، މަޖުބޫރުން މައުލޫމާތު ހޯދުމަށް ހިންގި ލާއިންސާނީ ޔަހޫދީ ނުލަފާ އަމަލެކެވެ.

މި ހާދިސާއާ ގުޅިގެން ޔަހޫދީންގހެ ނުލަފާކަން ވަނީ ބޭޒާރުވެފައެވެ. ޚާއްޞަކޮށް ކުޑަކުދިންނާ މެދު ޔަހޫދީ ސިފައިން ހިންގާ މިފަދަ ލާއިންސާނީ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު، ހަނގުރާމައިގެ ބޮޑެތި ޖަރީމާތަކެއްގެ ގޮތުގައި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ސިފަކުރެއެވެ.

ޔަހޫދީ ދައުލަތް ވުޖޫދުން ފޮހެވުިގެން ނޫނީ މިކަން ނިމޭކަށެއް ނެތެވެ!

ހިއްސާ ކުރައްވާ!