އިސްރާއީލަކީ ޔަހޫދީ ދައުލަތެއް ނޫން، އަދި ނަތަންޔާހޫއަކީ ޔަހޫދީން ތަމްސީލުކުރާ މީހެއް ނޫން: ރާބާއި ޔައުގޫބް ޝަޕީރޯ

އެމެރިކާގެ މަޝްހޫރު ޔަހޫދީ ރައްބާނީއެއް ކަމަށްވާ ރާބާއި ޔައުގޫބް ޝަޕީރޯ ވިދާޅުވީ، އިސްރާއީލަކީ ޔަހޫދީ ދައުލަތެއް ނޫން ކަމަށާއި، އަދި ނަތަންޔާހޫއަކީ ޔަހޫދީން ތަމްސީލުކުރާ މީހެއް ނޫން ކަމަށެވެ.

ޕާކިސްތާން މީޑިއާގައި ވާހަކަ ދައްކަވަމުން ރާބާއި ޔައުގޫބް ޝަޕީރޯ ވިދާޅުވީ، އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ އޭނާ ދެކޮޅު ހައްދަވާ ކަމަށެވެ.

ރާބާއި ޔައުގޫބް ޝަޕީރޯ ވިދާޅުވީ "ގްރޭޓަރ އިސްރާއީލް" ގެ ފަލްސަފާއާ ޔަހޫދީ ދީނާ އެއްވެސް ގުޅުމެއް ނެތް ކަމަށާއި، އިސްރާއީލަކީ އިލްމާނީ ލާދީނީ ސެކިއުލަރ ގައުމެއް ކަމަށާއި އެ ގައުމާ ޔަހޫދީ ދީނާ އެއްވެސް ގުޅުމެއް ނެތް ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވީ، އީރާނަށް ހަމަލާދިނުމާ ދެކޮޅު ކަމަށާއި، އިސްރާއީލަކީ ޔަހޫދީ ގައުމެއް ނޫން ކަމަށެވެ. އަދި ނަތަންޔާހޫ އާއި ޔަހޫދީންނާ ދެމެދު ތަފާތެއްވާ ކަމަށާއި، ނަތަންޔާހޫއަކީ އޫރުމަސް ކައި ރާ ބޮއެ އުޅޭ ޔަހޫދީ ދީނަށް އަމަލުކުރާ މީހެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!