އިސްރާއީލުގެ އެވިއޭޝަން އޮތޯރިޓީން ބެން ގޫރިއަން އެއާޕޯޓް އެއްކޮށް ބަންދުކުރުމަށް ނިންމައިފިއެވެ. ދުވަސް ކޮޅަކަށް ނަމަވެސް މި ފިޔަވަޅު އެޅީ އީރާނުން ދިން ކާމިޔާބު ހަމަލާތަކުގައި އީރާނުން އެއާޕޯޓަށް ފޮނުވާލި ރޮކެޓް ހަމަލާތަކާ ގުޅިގެންނެވެ.
ޔަހޫދީ "ނިއުސް 12″ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިސްރާއީލުގެ "އަރްކިއާ" އެއާލައިންގެ ބޯޓެއް ލަރްނަކާއިން އެނބުރި އައިސް އެއާޕޯޓަށް ޖެއްސުމަށް ތިން ފަހަރެއްގެ މަތިން މަސައްކަތްކޮށް ވަނީ ނާކާމިޔާބުވެފައެވެ. އެއީ ތަލް އަބީބަށް އަމާޒުކޮށް ދެމުންދިޔަ ވަރުގަދަ ހަމަލާތަކުގެ ސަބަބުންނެވެ.
އެ ޗެނަލުން ބުނާ ގޮތުގައި، އީރާނާއި އެގައުމަށް ތާއީދުކުރާ ޖަމާއަތްތަކުގެ މައިގަނޑު އެއް އަމާޒަކީ ބެން ގޫރިއަން އެއާޕޯޓުގެ ވައިގެ ދަތުރުފަތުރު ހުއްޓުވުމެވެ. ހަނގުރާމައިގެ ވަގުތުތަކުގައި ދުނިޔޭގެ ގިނަ ގައުމުތަކުގައި ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މިކަން ފެށުމުގެ ގޮތުން އީރާނުގެ މޝްހަދު އެއާޕޯޓަށާއި ޚޮމައިނީ އެއާޕޯޓަށް އިސްވެ ހަމަލަ ދިނީ ޔަހޫދީންނެވެ.
އިސްރާއީލުގެ އެވިއޭޝަން އޮތޯރިޓީން ބުނާ ގޮތުގައި، އެ އިދާރާއިން މަސައްކަތް ކުރަމުންދަނީ ހޯމް ފްރަންޓް ކޮމާންޑާއި ދިފާއީ އިދާރާތަކާ ގާތުން ގުޅިގެންނެވެ. އަދި އޮޕަރޭޝަނަލް ހުރިހާ ހާލަތަކަށްވެސް އެ އިދާރާ އޮތީ ތައްޔާރަށެވެ.
ނުރައްކާތައް އޮތް ނަމަވެސް، އިސްރާއީލުން ދަނީ ކުއްލި ހާލަތުގައި އެގައުމުގެ ހަމައެކަނި ވައިގެ ދޮރާށި ހުޅުވައިގެން ޚިދުމަތް ދެވޭތޯ ބަލަމުންނެވެ. އެވިއޭޝަން އޮތޯރިޓީއަށް އާންމު ރައްޔިތުންނަށްވުރެ ކުރިން އިންޒާރުތައް ލިބޭއިރު، އެ ސަރަހައްދުގެ ވައިގެ ސަރަހައްދުގައި ހުންނަ ބޯޓުތަކަށް އެ ސަރަހައްދާ ދުރަށް ދިއުމަށް އިރުޝާދު ދެއެވެ.
ޔަހޫދީ ޗެނަލުން މާހިރުންނާ ހަވާލާދީ ބުނެފައިވަނީ، ސަލާމަތީ ގޮތުން އެންމެ ބޮޑު ކަންބޮޑުވުމަކީ ވައިގެ ތެރޭގައި ބޯޓުތައް ގޮވުމެވެ.
މީގެ ދެ ދުވަސް ކުރިން އެވިއޭޝަން އޮތޯރިޓީން އެކުލަވާލި އާ ޕްލޭނެއްގެ ދަށުން، ފުރާ ފްލައިޓްތަކުގައި އެންމެ ގިނަވެގެން އުފުލޭނީ 50 ފަސިންޖަރުން ކަމަށް ވަނީ ކަނޑައަޅާފައެވެ. ނަމަވެސް އަންނަ ފްލައިޓްތައް ފުރިހަމަ ކެޕޭސިޓީގައި ދަތުރުކުރަމުންދާނެއެވެ.
![]()





