މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ، އުމުރުން 37 އަހަރުގެ މޫސަލް މުއީން ހައްޔަރު ކޮށްފައި ވަނީ ކުޑަކުދިންގެ ބަރަހަނާ މަންޒަރު ފެންނަ ފޮޓޯ އާއި ވީޑިއޯ ގެންގުޅުމާ ގުޅިގެންނެވެ. މޫސަލްއަކީ ޓީވީއެމްގައި ކުޑަކުދިންގެ ޝޯތައް ޕްރޮޑިއުސް ކުރުމުގެ މަސައްކަތުގައި އުޅުނު މީހެކެވެ. އޭނާގެ މައްޗަށް ގިނަ އަދަދެއްގެ ފިރިހެން ކުދިންނާއެކު ޖިންސީ ގުޅުންތައް ބާއްވާފައިވާ ކަމުގެ ތުހުމަތު ވެސް ވަނީ ކުރެވިފައެވެ.
އަދި އެ ކުދިންނާއެކު ޖިންސީ އަމަލު ހިންގުމުގެ އިތުރުން ކުއްޖަކު ގްރޫމްކޮށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުވެސް ކުރެވެއެވެ.
އޭނާއަކީ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ދަށުން ހިންގާ ޓީވީއެމްގެ ޕްރޮޑިއުސަރެކެވެ.

ފުލުހުން ބުނި ގޮތުގައި މޫސަލް ހައްޔަރުކޮށްފައިވަނީ ކުޑަކުއްޖެއްގެ އުމުރާ ނުގުޅޭ ވާހަކަ ދައްކައި، އެ ކުއްޖާ ގްރޫމްކޮށް ނާޖާއިޒު ފައިދާ ހޯދުމަށް މަސައްކަތްކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައެވެ. މީގެ އިތުރުން، އޭނާ ގެންގުޅޭ އިލެކްޓްރޯނިކް ވަސީލަތްތަކުގައި ކުޑަކުދިންގެ އޮރިޔާން ކާޑު ރައްކާކޮށްފައިވާ ކަމަށް ވެސް ފުލުހުން ތުހުމަތު ކުރެއެވެ.
މޫސަލްގެ ބަންދާމެދު ގޮތެއް ނިންމުމަށް 2026 މާޗު 25 ވަނަ ދުވަހު ކޯޓަށް ހާޒިރުކުރުމުން، އޭނާ އިތުރު 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. މި މައްސަލަ ފުލުހުންގެ ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






