މިނިވަން ފަލަސްޠީނަކަށް އެދި ހަނގުރާމަ ކުރާ މީހުންނަށް މަރުގެ ނިޔާ އިއްވަން ޔަހޫދީން ނިންމައިފި

ފަލަސްޠީނުގެ މުޖާހިދުންނަށް މަރުގެ އަދަބު ދިނުންަ ހުއްދަކުރާ ބިލެއް ޔަހޫދީންގެ ޤާނޫނު ހަދާ މަޖިލިސް އިން ފާސްކޮށްފިއެވެ. މި ބިލަކީ ޖެނޮސައިޑް މޭސްތިރި ނަތަންޔާހޫގެ ކޯލިޝަންގައި ހިމެނޭ ކަނާތު ފިޔައިގެ ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް ފިކުރުގެ ޕާޓީތަކުން ވެފައިވާ މައިގަނޑު އެއް ވަޢުދެއް ފުއްދުމަށް އިްނތިޚާބާ ދިމާކޮށް ފާސްކޮށްފައިވާ ބިިލެކެވެ.

ހޯމަ ދުވަހު ފާސްކުރި މި ޤާނޫނުގެ ދަށުން، ޔަހޫދީ ދައުލަތާ ދެކޮޅަށް ދފަލަސްޓީނުގެ މިނިވަންކަަމށް އެދިގެން ހަމަލަތައް ދީގެން ޔަހޫދީންގެ އަސްކަރީ ކޯޓަކުން ހުކުމް ކޮށްގެން ކުށްވެރިޥާ މީހުންނަށް މަރުގެ އަދަބު ދިނުމުގެ އިޚުތިޔާރު ޔަހޫދީންގެ  އަސްކަރީ ކޯޓުތަކަށް ލިބިގެންވާނެއެވެ. މިއީ ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ފަރާތްތަކަށް ހުރަސް އެޅުމަށް ޔަހޫދީން ނިންމި އެންމެ ފަހުގެ ނިންމުމެވެ.

ޔަހޫދީންގެ ނުލަފާ ނިޔަން ފެންނަ ފޮޓޯތައް ސޯޝަލް މީޑިއާގައި ދައުރުވަމުންދެއެވެ.

މި ފޮޓޯއިން މިފެންނަނީި އޭގެ މަންޒަރެކެވެ. ޔަހޫދީންގ ޕާލަމެންޓްގެ ޑެޕިއުޓީ ސްޕީކަރު އަދި އޭނާގެ އަންހެނުން މިތިބީ ފަލަސްޠީނު މީހުންނަށް މަރުގެ އަދަބު ދިނުމަށް ތާއީދުކުރާ ކަމަށް ބުނެ، ދަންޖައްސާ މަޅިއަކާއި މަރުގެ އިންޖެކްޝަނެއް ހިފައިގެން ފޮޓޯއަށް ހުއްޓިގެންނެވެ.

މީގެ އިތުރުން، އެ ފޮޓޯއިން ފެންނަ ގޮތުގައި ކްނެސެޓްގެ ޑެޕިއުޓީ ސްޕީކަރު ހުރީ ފަލަސްޠީނު މީހުން ރަމްޒުކޮށްދޭން 'އިސްތިޢުމާރު' ޖަހާފައިވާ ބަޑިއަކާއި، 'ބޭރުކޮށްލުން' ޖަހާފައިވާ ބޯޓެއް އަދި 'ވަޒަންވެރިވުން' ޖަހާފައިވާ ގެއެއް ހިފައިގެންނެވެ. މިއީ ފަލަސްޠީނުގެ ބިންތަކަށް ވެރިވެގަތުމަށް ޔަހޫދީން ގެންގުޅޭ ހަރުކަށި ސިޔާސަތުތައް ރަމްޒުކޮށް ދިނުމެކެވެ.

މި ޤާނޫނު ފާސްކުރުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުންނާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އިޒްރޭލަށް އަތް ގާތްކޮށްދޭ ސަހުޔޫނީ ވިސްނުމުގެ އަރަބިންނާއި މުސްލިމުން އަދި މި ކަން ކުށްވެރިކޮށް ޕޯސްޓެއް ކޮށްފައެއް ނުވެއެވެ.

މަސްޖިދުލްއަގްސާ ބަންދުކޮށްފައި ހުންނަތާ މަސް ދުވަހަށް ވުރެން ގިނަ ދުވަސްވާއިރުވެސް ބަލިކަށި އުންމަތަށް ޗުއްޕޭވެސް ބުނާކަށް ނުކެރުނެވެ!

ހިއްސާ ކުރައްވާ!