ޔަހޫދީ ޓެރަރިސްޓް ދައުލަތުން މަސްޖިދުލް އަޤްޞާ އާއި ހަރަމްފުޅު ބަންދުކޮށްފައި ބަހައްޓާތާ މިހާރު 35 ދުވަސް ވެގެން ދިޔައީ އެވެ. އަރަބިންނާއި މުސްލިމުންގެ ބިލިއަން މީހުންނަށް 9 މިލިއަން ޔަހޫދީންނާ ދެކޮޅަށް ކުރެވުނު ކަމެއް ނެތެވެ!
ޖޯޑަންގައި ހުކުރު ދުވަހު ހުކުު ނަމާދަަށް ފަހު ޤުދުސްގެ ދިފާއުގައި މުޒާހަރާ ބޭއްވުމަށް ނިންމުމުން އެފަދަ ކަމެއް ނުކުރުމަށް އަންގައި މުޒާހަރާ ކުރުން ވަނީ މަނާ ކޮށްފައެވެ.
ރިޕޯޓުތައް ބުނާ ގޮތން ޔަހޫދީން ތައްޔާރު ވަމުން ދަނީ އެމީހުންގެ އީދުލްފުސްޙާ ދިމާކޮށް މަސްޖިދުލްއަގްސާގައި ޔަހޫދީ އަޅުކަމެއް ބެއްވުމަށްޓަކައި ގެރި ކަތިލުމަށް ތައްޔާރު ކުރަމުންނެވެ.
ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ވަފާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ޓެރަރިސްޓް ޔަހުދީ ސިފައިން ވަނީ ޤުދުސްގެ ބޭރު ފާރުގެ ސަރަހައްދުގައި އަސްކަރީ ވަރުގަދަ ފިޔަވަޅުތަކެއް އަޅައި، އެ ސަރަހައްދަށް ވަދެވެން ހުރި މަގުތައް ބަންދުކޮށް، އަސްކަރީ ޗެކްޕޮއިންޓްތައް ގާއިމުކޮށްފައެވެ. އަދި ސިފައިން ގިނަ އަދަދަކަށް ހަރަކާތްތެރިވަމުން ގޮސް، ހުކުރު ނަމާދު ކުރުމަށް އަޤްޞާ މިސްކިތަށް ދިޔަ ރައްޔިތުންނަށް އެތަނަށް ވަނުން ވަނީ މުޅިން މަނާކޮށްފައެވެ.
ޤުދުސްގެ ރައްޔިތުން ބުނި ގޮތުގައި، ޖެނޮސައިޑް ބާރުތަކުން ވަނީ މަސްޖިދުލްއަގްސާގެ ބޭރު ފާރުގެ އެތެރެއަށް ވަނުމާއި އަޤްޞާ މިސްކިތާ ކައިރިވުން މިހާރު މަނާކޮށްފައެވެ.
މިގޮތަށް މެދުނުކެނޑި މިސްކިތް ބަންދުކޮށްފައި ބެހެއްޓުމަކީ، ޤުދުސްގެ މުޤައްދަސް ބިނާތަކަށް އިސްތިއުމާރީ ބާރުތަކުން ވެރިވެގަތުމަށް ގެންގުޅޭ ސިޔާސަތުގެ ބައެކެވެ. ބައެއް ޒަޔަނިސްޓު އަރަބިން މިކަން ޔަހޫދީންނަށް ފަހިވެސް ކޮށްދެއެވެ.
ޔަހޫދީން ދަނީ އޭޕްރީލް 2 ން 9 އަށް ދެމިގެންދާ އެމީހުންގެ އީދު ބަންދުގައި މަސްޖިދުލްއަގްސާ އެމީހުންނަށް ހުޅުވައި ދިނުމަށް ގޮވަމުންނެވެ.




