އީރާނުގެ ހެކަރުންގެ ގްރޫޕު ހަންޠަލާއިން އިސްރާއީލުގެ ކުރީގެ ޗީފް އޮފް ސްޓާފްގެ ފޯނު ހެކްކޮށްފި

އީރާނަށް ނިސްބަތްވާ ހެކަރުންގެ ގްރޫޕެއް ކަމަށްވާ "ހަންޠަލާ" އިން އިސްރާއީލުގެ ޑިފެންސް ފޯސަސް (އައިޑީއެފް) ގެ ކުރީގެ ޗީފް އޮފް ސްޓާފް ހަރްޒީ ހަލޭވީގެ އަމިއްލަ ފޯނު ހެކްކޮށް، އޭގައި ހުރި ނާޒުކު އަދި ސިއްރު މައުލޫމާތުތަކެއް އާންމުކޮށްފި ކަމަށް އިއުލާންކޮށްފިއެވެ.

އިސްރާއީލުގެ ކާން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހެކަރުން ވަނީ ހަލޭވީ ސިފައިންގެ އިސް މަގާމުތަކުގައި ހުރި ދުވަސްވަރުގެ އަސްކަރީ ގޮތުން ސިއްރު ލިޔެކިޔުންތަކެއް ލީކުކޮށްލާފައެވެ. މީގެ އިތުރުން، އިސްރާއީލުގެ ސިފައިންގެ މިހާރުގެ އަދި ކުރީގެ އިސްވެރިންނާއެކު އޭނާ ބާއްވާފައިވާ ބައްދަލުވުންތަކުގެ ވީޑިއޯތަކާއި، އަމިއްލަ ދިރިއުޅުމާ ގުޅުންހުރި މެސެޖުތަކާއި ފޮޓޯތައް ވެސް ވަނީ އާންމުކޮށްފައެވެ.

ލީކުކޮށްލާފައިވާ ތަކެތީގެ ތެރޭގައި ހަލޭވީ ގަތަރުގެ އަމީރާ ބައްދަލުކުރި ކަން ސާބިތުކޮށްދޭ ކަމަށް ފެންނަ ފޮޓޯތަކާއި އެކަމާ ގުޅޭ މެސެޖުތައް ވެސް ހިމެނޭ ކަމަށް ހަންޠަލާ ގްރޫޕުން ބުނެއެވެ. މި މައުލޫމާތުތަކަކީ އިސްރާއީލުގެ އަސްކަރީ ސެންސަރުން ވަރަށް ބޮޑަށް ކޮންޓްރޯލް ކުރަމުން އައި މައުލޫމާތުތަކެއް ކަމަށް ފާހަގަކުރެވެއެވެ.

މިމައުލޫމާތުން ގަތަރާއި އިސްރާއީލާ ދެމެދު އޮންނަ ގުޅުން ސާބިތު ވެއެވެ. މީގެ ކުރިންވެސް ބައެއް ފަރާތްތަކުން ތުހުމަތުކޮށްފައިވާ ގޮތުގައި އިސްރާއީލާއި އެމެރިކާއަށް ފިލައިގެން އުޅޭ ބައެއް މީހުން އަލްޖަޒީރާއަށް އިންޓަރވިއު ދޭން އަންނަ އިރު ނޫނީ އިންތަރވިއު ދޭ ނިމޭ ފަހުން އެމީހުން ތިބޭ ތަން ހޯދައިގެން އެމީހުން މަރާލާފައިވާ މައްސަލަތަކަކީ މިއަދާހަމައަށްވެސް މީޑިއާ ކޮމިއުނިޓީގައި ސުއާލު ކުރެވޭ މައްސަލައެކެވެ.

ހިއްސާ ކުރައްވާ!