އީރާނުން ޔޫއޭއީގައި އެމރިކާ ސިފައިންނާ ގުޅުން ހުރިތަންތަނަށް އަބަދު ދިނުމަށް ދިން ހަމަލާތަކުގައި ގޮއްވާލާފައިވާ ތަންތަން ފޮޓޯ ނަގައި، ސޯޝަލް މީޑިއާ މެދުވެރިކޮށް މައުލޫމާތު ފެތުރިކަމުގެ ތުހުމަތުގައި، ތަފާތު އެކި ގައުމުތަކަށް ނިސްބަތްވާ 375 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް އަބޫދާބީ ފުލުހުން އިއުލާނުކޮށްފިއެވެ.
މި ހަމަލާތަކާ ގުޅިގެން ޔޫއޭއީގެ އޮފް ކެނޑި އަގުވެއްޓި ވިޔަފާރި ދަށްވުމުން މިފަދަ މައުލޫމާތު އާންމުކުރާ މީހުންނާ ދެކޮޅަށް ގާނޫނުތަކާއި ގަވާއިދުތަކުގެ ދަށުން ހަރުކަށި ފިޔަވަޅު އެޅުމަށްޓަކައި ޕަބްލިކް ޕްރޮސެކިއުޝަނަށް މިހާރު ވަނީ ފޮނުވާފައެވެ.
އެމިރޭޓްސްގެ ފުލުހުން ދަނީ ހަރުކަށިކޮށް ފިޔަވަޅު އަޅަމުންނެވެ.
މިކަމާ ގުޅޭގޮތުން ތަކުރާރުކޮށް އިންޒާރުދީ، ހޭލުންތެރިކުރުވުމަށް މަސައްކަތް ކުރި ނަމަވެސް، ބައެއް ފަރާތްތަކުން އިރުޝާދުތަކާ ހިލާފުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އަބޫދާބީ ފުލުހުން ބުންޏެވެ. ޔޫއޭއީ ފުލުހުން ބުނަނީ މިފަދަ ފޮޓޯ އާންމު ކުރުމުން މީހުންގެ ނާޒުކު ހިތްތަކަށް އަސަރުކޮށް ބިރުވެރިކަން ފެތުރޭނެ ކަމަށެވެ.
މިފަދަ ކުށެއް ސާބިތުކޮށްފިނަމަ 4 މަހުގެ ޖަލު ހުކުމެއް އައުމަކީ ގާތް ކަމެކެވެ.





