އިސްރާއީލުގެ ތާރީޚުގައި ހުޅަނގު އައްސޭރީގައި ޔަހުދީންގެ ބަސްތީތައް އެންމެ ގިނައިން އިންދައި އެ ސަރަހައްދު އެއްކޮށް ހިފުމުގެ ޕްރޮޖެކްޓް ޔަހޫދީން ފާސްކޮށްފިއެވެ.
މިއީ ހަނގުރާމައިގެ ނިވަލުގައި ތިބެ، އިސްރާއީލު ސަރުކާރުން އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީ އެއްކޮށް ހިފުމަށް ކުރާ މަސައްކަތުގައި އެސަރަހައްދުގައި އަލަށް އާބާދުވުމަށް ހުއްދަ ދިން 34 ބަސްތީއެވެ.
އިސްރާއީލުގެ އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި، އެމެރިކާ ސަރުކާރުގެ އެދުމުގެ މަތިން މިހާތަނަށް މި ނިންމުން ވަނީ ސިއްރުކޮށްފައެވެ.
އެމެރިކާއަކީ މިފަދަ ހުރިހައި ޖަރީމާއެއް ހިންގުމަށް އެމެރިކާގެ ޕްރޮކްސީ، ޔަހޫދީ ރެޖީމަށް އެހީތެރިވާ ގައުމެވެ.
މީގެ މާނައަކީ، މި އާބާދީތައް ގާއިމުކުރެވޭނީ ފަލަސްޠީނު މީހުންގެ ސިޓީތަކާއި އަވަށްތަކާއި، އިސްތިއުމާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ އެކި ސަރަހައްދުތަކާއި، ފަލަސްތީނުގެ ފުރިހަމަ ކޮންޓްރޯލް އޮންނަ "އޭރިއާ އޭ" ގެ ގޮތުގައި ކަނޑައަޅާފައިވާ ފަލަސްތީނުގެ ސިޓީތަކުގެ އިމުގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކުގައެވެ.
މިއީ މީގެ ކުރިން ދުވަހަކުވެސް ކަން ހިނގާފައިވާ ގޮތެއް ނޫނެވެ. ނަމަވެސް މިއީ ހުޅަނގު އައްސޭރި އެއްކޮށް އިސްރާއީލުގެ ދަށަށް ގެނައުމަށްޓަކައި 2022 ވަނަ އަހަރު ޔަހޫދީން އެކުލަވާލި އިސްރާއީލުގެ ކޯލިޝަން ޕްރޮގްރާމާ އެއްގޮތަށް ކުރިއަށްދާ ކަމެކެވެ. މިއާއެކު، ނަތަންޔާހޫގެ މުޖުރިމު ސަރުކާރު އުފެދުނު ފަހުން މިހާތަނަށް އަލަށް އާބާދު ކުރުމަސް 103 ސަރަހައްދަކަށް ވަނީ ހުއްދަ ދީފައެވެ.





