ލޯކަލް ކައުންސިލް އިންތިޚާބު 2026 ގައި ހއ. މުރައިދޫން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ކެންޑިޑޭޓުން ހޯދާފައިވާ ތާރީޚީ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޚާއްޞަ ޙަފްލާއެއްގައި ބައިވެރިވުމަށް އާންމުކޮށް ސަޕޯޓަރުންނާއި ހެޔޮ އެދޭ ފަރާތްތަކަށް ދައުވަތު ދީފިއެވެ.
މި ޙަފްލާއަކީ ހއ. މުރައިދޫ ކޮންގްރެސް ޕާޓީގެ މެންބަރުން އިސްނަގައިގެން އިންތިޒާމުކުރާ ޙަރަކާތެކެވެ. މި ޙަފްލާގެ މައިގަނޑު މަޤްޞަދަކީ ކައުންސިލް އިންތިޚާބުގައި ހއ. މުރައިދޫގައި އެ ޕާޓީގެ ކެންޑިޑޭޓުން ހޯދި ބޮޑު ކާމިޔާބީ އާންމުންނާއެކު އުފާވެރި މާޙައުލެއްގައި ފާހަގަކުރުމެވެ. ހަފްލާ އޮންނާނީ އާޓިފިޝަލް ބީޗް ކުރިމަތިން ހ. ވެޔޮވިލާ ގައެވެެ.
މުރައިދޫ ކޮންގްރެސް ޕާޓީގެ ފަރާތުން ބުނެފައިވަނީ، މި ޙަފްލާއަށް ޕާޓީގެ ލޮބުވެތި މެންބަރުންނާއި، ޕާޓީއަށް ތާއީދުކުރައްވާ އެންމެހާ ބޭފުޅުންނަށް ދައުވަތު ދޭ ކަމަށެވެ. އަދި މިއީ ޕާޓީގެ ވަރުގަދަކަން ދައްކުވައިދީ، ތަރައްޤީއަށްޓަކައި އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ލިބޭ ހިތްވަރެއް ކަމުގައިވެސް އެ ފަރާތުން ފާހަގަކުރެއެވެ.
މި ޙަފްލާގައި އިންތިޚާބު ކާމިޔާބު ކުރެއްވި ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާނެއެވެ.






