އީރާނުގެ ނިއުކްލިއަރ ޕްރޮގްރާމަކީ މިހާރު އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އަށް އޮތް އެންމެ ބޮޑު ކަންބޮޑުވުން ކަމަށް އެ ގައުމުގެ ރައީސްގެ މުޝީރު ޒަޔަނިސްޓު ފިކުރުގެ އަންވަރު ގަރްގާޝް ވިދާޅުވެއްޖެއެވެ. ބޭރުގެ މީޑިއާށް ދެއްވި ބަސްދީގަތުމެއްގައި ޔަހޫދީންނަށް ވާގިވެރިވާ އަދި ޒަޔަނިސްޓު ފިކުރުގެ ގަރްގާޝް ފާހަގަކުރެއްވި ގޮތުގައި، މީގެ ކުރިން އީރާނުގެ ނިއުކްލިއަރ މައްސަލައަކީ ދެވަނަ ނުވަތަ ތިންވަނަ ދަރަޖައިގެ ކަންބޮޑުވުމެކެވެ. ނަމަވެސް، މިހާރު އެއީ އެންމެ އިސްކަންދޭ ބިރެވެ.
މިމީހުން ޒަޔޫދީ ޖެނޮސދައިޑް ރެޖީމާ އެކު ބާއްވާ ގާތްކަމުން ޒަޔަނިސްޓުން ދެކެ ބިރެއް ނުގަނެއެވެ.
ގަރްގާޝް ވިދާޅުވީ އީރާނަކީ އެ ގައުމުގެ އަތުގައި ހުރި ކޮންމެ ހަތިޔާރެއް ބޭނުންކުރުމުގެ ގާބިލުކަން ލިބިގެންވާ ގައުމެއް ކަމަށެވެ. އަދި އެމެރިކާއާއި އީރާނާ ދެމެދު އިތުރު ހަނގުރާމައެއް ފެށިއްޖެނަމަ، ސަރަހައްދީ މަސްރަހު އިތުރަށް ގޯސްވެގެންދާނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ. ވަކިން ހާއްސަކޮށް ހުރްމުޒް ކަނޑުއޮޅިއަށް އަންނަ ކޮންމެ ބަދަލެއްގެ ސަބަބުން މުޅި ސަރަހައްދުގެ އިތުރުން ޔޫރަޕަށްވެސް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަށް އޭނާ ވިދާޅުވެ ޔޫރަޕް މީހުންވެސް އީރާ ދެކޮޅަށް ތެދުވުމަށް އޭނާ ގޮވާލެއްވިއެވެ.
ޔޫއޭއީން މި މައްސަލައިގައި ސިޔާސީ ހައްލެއް ބޭނުންވާކަން ހާމަކުރައްވަމުން ގަރްގާޝް ވިދާޅުވީ، ޑިޕްލޮމެޓިކް މަގުން މައްސަލަ ހައްލުކުރުން މުހިންމު ކަމަށެވެ. ނަމަވެސް، އެފަދަ ހައްލެއް ހޯދުމުގެ ތެރެއިން މުސްތަގުބަލުގައި އިތުރު އުނދަގޫތަކެއް ކުރިމަތިވެދާނެ ކަމުގެ ބިރު އޮތް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ ސިޔާސީ ހައްލެއް، އެކަމަކު ބިރު އޮތީ އެ ހައްލުގެ ސަބަބުން ސަރަހައްދުގައި އިތުރު އުނދަގޫތަކެއް އުފެދިދާނެތީ،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ގަލްފުގެ ގައުމުތަކުގެ ދިފާއީ ނިޒާމުގައި އެމެރިކާގެ ދައުރު މިހާރު ކުރިއަށްވުރެ ބޮޑުވެފައިވާ ކަމަށް ގަރްގާޝް ވިދާޅުވިއެވެ. އެމެރިކާއާއެކު އޮންނަ ގުޅުމަކީ ގައުމީ ދިފާއީ ނިޒާމުގެ މައިބަދަ ކަމަށާއި، ކޮންމެ ގަލްފު ގައުމެއްގެ ނިންމުންތަކުގައިވެސް އެމެރިކާއަށް ދެވޭ އަހަންމިއްޔަތުކަން އިތުރުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޔޫއޭއީގެ އިގްތިސާދީ ސިޔާސަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ގަރްގާޝް ވަނީ، ތެޔޮ އުފައްދާ ގައުމުތަކުގެ ޖަމިއްޔާ (އޯޕެކް) އިން ވަކިވުމާ މެދު ވޭތުވެދިޔަ ތިން އަހަރު ދުވަހު ޔޫއޭއީން ވިސްނަމުންދިޔަ ކަންވެސް ހާމަކުރައްވާފައެވެ.



