މައްކާގެ ދަތުރުފަތުރާއި އުމްރާނީ ވަސީލަތްތައް މަތީ ފަންތިއަކަށް ގެންދިއުމަށްޓަކައި، އެ ސިޓީގައި ބައިނަލްއަޤްވާމީ ފެންވަރުގެ އާ އެއާޕޯޓަކާއި މެޓްރޯ ނިޒާމެއް ބިނާކުރުމުގެ މަސައްކަތްތައް ފަށާފައިވާ ކަމަށް ރަސްމީ މަސްދަރުތަކުން ހާމަކުރައްވައިފިއެވެ.
ރޯޔަލް ކޮމިޝަން ފޯ މައްކާ ސިޓީ އެންޑް ދަ ހޯލީ ސައިޓްސް ގެ ސީއީއޯ، ޞާލިޙް އައްރަޝީދު 'ހާވަޑް ބިޒްނަސް ރިވިއު' އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، އެތައް މިލިއަން ޒިޔާރަތްތެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މައްކާ އެއާޕޯޓް އެންމެ މަތީ ފެންވަރަށް ތަރައްޤީކުރުމުގެ އިޤްތިޞާދީ އަދި ސްޓްރެޓީޖިކް ހުއްދަތައް މިހާރު ލިބިފައިވާ ކަމަށެވެ. މީގެ އިތުރުން، މައްކާ މެޓްރޯގެ ފީޒިބިލިޓީ ސްޓަޑީޒްތަކާއި ކުރެހުންތައްވެސް މިހާރު ވަނީ ނިމިފައެވެ.
"ސްމާޓް މައްކާ" އަދި އާޓިފިޝަލް އިންޓެލިޖެންސް
ޚިދުމަތްތައް އަވަސްކޮށް، ސިޓީގެ ރައްޔިތުންނާއި ޒިޔާރަތްތެރިންގެ ހިތްހަމަޖެހުން 90.5% އަށް މަތިކުރުމަށްޓަކައި ޓެކްނޮލޮޖީގެ އެތައް ވަސީލަތްތަކެއް ދަނީ ތައާރަފުކުރަމުންނެވެ. އޭގެ ތެރޭގައި:
- އޭއައި މޮނިޓަރިންގ: "ސްމާޓް މައްކާ" ޕްރޮގްރާމްގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން މަސްޖިދުލް ޙަރާމްގައާއި އެ ސަރަޙައްދުގައި މީހުން އެއްވާ މިންވަރާއި ހަރަކާތްތައް މޮނިޓަރުކުރުން.
- ޕްރެޑިކްޓިވް ސިސްޓަމް: ޖަމްރާތު ފާލަމާއި މައި ސަރަޙައްދުތަކުގައި މީހުންގެ ހަލަބޮލިކަން ކުރިއާލައި ދެނެގަންނާނެ ސިސްޓަމްތައް ގާއިމުކުރުން.
- ބަލަދީ އެޕްލިކޭޝަން: ޖައްވީ ފޮޓޯތައް ބޭނުންކޮށްގެން ހައްޖާޖީންގެ ދަތުރުތައް ފަސޭހަކޮށްދިނުން.
ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތައް
- މައްކާގެ ބަސް ނެޓްވޯކްގެ ދަށުން މިހާރުވެސް 12 ރޫޓެއްގައި 400 ބަސް ދަނީ ދުއްވަމުންނެވެ. އަދި 430 ބަސް ހުއްޓި ހިމެނެއެވެ. 2022 ވަނަ އަހަރުގެ ފެބްރުއަރީން ފެށިގެން މިހާތަނަށް 185 މިލިއަނަށްވުރެ ގިނަ ފަސިންޖަރުން ވަނީ މި ޚިދުމަތް ބޭނުންކޮށްފައެވެ.
- މީގެ އިތުރުން، އެންމެ ޒަމާނީ ސެކިއުރިޓީ ޓްރެކިންގ ސިސްޓަމްތަކާއި، އިލެކްޓްރޯނިކް ޕޭމަންޓް ހިމެނޭ "މައްކާ ޓެކްސީ" ގެ ޚިދުމަތް ވަނީ ފަށާފައެވެ. މީގެ ތެރޭގައި ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް އަދި ހައިބްރިޑް ކާރުތައް ހިމެނެއެވެ.
- މަގުތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ރިންގް ރޯޑްތައް މިހާރު ވަނީ މަލިކު ޢަބްދުލްޢަޒީޒް މަގާއި އިބްރާހީމް އަލްޚަލީލް މަގާ ގުޅާލެވިފައެވެ.
- ޙައްޖާޖީންނަށް ޚާއްސަ ވަސީލަތްތަކާއި ތިމާވެށީގެ މަޝްރޫޢުތައް ހިންގަން ފަށާފައި ވެއެވެ.
ހައްޖުގެ އަޅުކަން ފަސޭހަކުރުމުގެ ގޮތުން މުހިންމު ބަދަލުތަކެއް ވަނީ ގެނެސްފައެވެ:
- އަރަފާތު އަދި މިނާ: އަރަފާތުގެ 8 ސަރަޙައްދެއް (190,000 އަކަމީޓަރު) ތަރައްޤީކޮށް، ދެ ބުރީގެ ފޭލިގެތައް ވަނީ ބިނާކޮށްފައެވެ. އަދި 27,000 ހައްޖާޖީންގެ ޖާގައިގެ 10 ރެސިޑެންޝަލް ޓަވަރާއި، މިނާގައި 200 އެނދުގެ ކުއްލި ފަރުވާދޭ ހޮސްޕިޓަލެއް ވަނީ ހަދާފައެވެ.
- ފެނާއި ނަރުދަމާ: މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާ ގުޅިގެން ހިންގި މަޝްރޫޢުތަކުން 310 މިލިއަން ސައޫދީ ރިޔާލް ސަލާމަތްކުރެވިފައިވެއެވެ.
- ގަސް އިންދުމާއި ހިޔާ: ތިމާވެށި ފިނިކުރުމުގެ ގޮތުން 20,000 ގަސް އިންދައި، ހިޔާކޮށް ފިނިކޮށްފައިވާ 285,000 އަކަމީޓަރަށްވުރެ ބޮޑު ހިނގާ މަގުތަކެއް ވަނީ ހަދާފައެވެ.
- ޠަވާފުލް އިފާޟާ އަވަސްކުރުން: ވެސްޓް ޖަމްރާތު ސްޓޭޝަން ގާއިމުކުރުމާއެކު، ގަޑިއަކު 20,000 ފަސިންޖަރުން އުފުލުމުގެ ޤާބިލުކަމާއެކު، އެންމެ 20 މިނެޓް ތެރޭގައި ޠަވާފުލް އިފާޟާ ނިންމާލެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މައި ސަރަޙައްދުގައި ހިނގާ މީހުންނަށް ޚާއްސަ ޖާގަ 127% އަށް ވަނީ އިތުރުކޮށްފައެވެ.






