އެމެރިކާއާއި އިސްރާއީލުން އީރާނާއެކު ކުރަމުންދާ ސޮލީބި ސަހުޔޫނީ ހަނގުރާމައިގެ ތެރޭގައި، އީރާނުން ޔޫއޭއީއަށް ދެމުންދިޔަ ހަމަލާތައް ހުއްޓުވުމަށްޓަކައި، އީރާނުގެ ބިލިއަން ޑޮލަރު ދޫކޮށްލުމަށް ޔޫއޭއީން އެއްބަސްވެއްޖެކަމަށް ރިޕޯޓު ކުރީ ރޮއިޓާސް ނިއުސް އެޖެންސީން ނެވެ. ޔޫއޭއީން ވަނީ މިކަން ދޮގުކޮށްްފައެވެ
މި ނިންމުން ނިންމާފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމަށް ކުރާ މަޝްވަރާތަކުގެ ފަހު މަރުޙަލާއާ ދިމާކޮށެވެ. ސަރަހައްދީ މަސްދަރުތަކުން ބުނާ ގޮތުގައި ޔޫއޭއީން ވަނީ 10 ބިލިއަން ޑޮލަރު ދޫކުރަން ނިންމާފައެވެ. އަދި އޭގެ ތެރެއިން 3 ބިލިއަން ޑޮލަރު މިހާރު ވަނީ ދޫކޮށްފައެވެ. ނަމަވެސް އެހެން މަސްދަރުތަކުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ޖުމްލަ އަދަދު 20 ބިލިއަން ޑޮލަރަށް އަރައެވެ. މި ފައިސާ ދޫކުރަނީ ޔޫއޭއީއަށް ދޭ ހަމަލާތައް އީރާނުން ހުއްޓާލުމުގެ ބަދަލުގައެވެ.
ޔޫއޭއީގެ ރަސްމީ ފަރާތަކުން ބުނި ގޮތުގައި އެޤައުމުގެ ޚާރިޖީ ސިޔާސަތަކީ ސަރަހައްދީ ހަމަޖެހުމާއި ސުލްޙަޤާއިމުކުރުމެވެ. އީރާންގެ ހަމަލާތަކުގެ ސަބަބުން ދުބާއީގެ ހޮޓާތައް ހުސްވެ، ގިނަ އަދަދެއްގެ ބޭރު މީހުން ޤައުމު ދޫކޮށް ދިއުމުން ޔޫއޭއީގެ ވިޔަފާރި މަރުކަޒުގެ އަގު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. މި ފައިސާ ދޫކުރުމުން، އީރާނުން ޔޫއޭއީއަށް ރޮކެޓާއި ޑްރޯން ހަމަލާދިނުން ހުއްޓާލައި، ދެޤައުމުގެ މެދުގައި އިޤްތިޞާދީ އަދި އިންޓެލިޖެންސް ގުޅުންތައް އަލުން ބަދަހިވާނެ ކަމަށް ބުނެފައި ވެއެވެ. އީރާނުން ޔޫއޭއީއަށް އެންމެ ފަހުން ހަމަލާއެއް ދީފައިވަނީ ފާއިތުވި މޭ މަހުގެ 4 ވަނަ ދުވަހު ފުޖޭރާ ބަނދަރަށެވެ.




