ސަރުކާރުގެ އޮފިޝަލުންނަށް ސްމާޓްފޯން ބޭނުންކުރުން މަނާކޮށްފި

އަފްޣާނިސްތާނުގެ ވެރިކަން ކުރާ ތާލިބާން ސަރުކާރުން، ސަރުކާރުގެ ހުރިހާ މުވައްޒަފުން ސްމާޓްފޯން ބޭނުންކުރުން މުޅި ގައުމުގައި މަނާކޮށްފިއެވެ. ޖޫން 16 އިން ފެށިގެން ތަންފީޒުކުރަން ފެށި މި އަމުރަކީ، ދިރިއުޅުމުގެ ކަންކަމުން އިންސާނާ ކަސިޔާރު ވިޔަ ނުދިނުމަށް އެޅި ފިޔަވަޅެއް ކަމަށް ބުނެއެވެ.

ތާލިބާންގެ ސަރުކާރުގެ އަސްކަރީ ކޯޓަކުން ނެރުނު އަމުރުގައިވާ ގޮތުން، ފަނޑިޔާރުން ހިމެނޭހެން އަސްކަރީ އަދި މަދަނީ ހުރިހާ މުވައްޒަފުންނަށް ސްމާޓްފޯން ބޭނުންކުރުން ވަނީ މަނާކޮށްފައެވެ. މި އަމުރާ ޚިލާފުވާ މީހުންގެ ފޯނުތައް ހަލާކުކޮށްލުމުގެ އިތުރުން، ގާނޫނުގެ ދަށުން އެމީހުންނަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފައެވެ.

މި ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ އޮފީސްތަކުގެ މަސައްކަތްތަކަށް ލަސްތަކެއް ކުރިމަތިވާނެ ކަމަށް ބޭރުގައި ތިބޭ ފަރާތްތަކުން ބުނެއެވެ. ނަމަވެސް ޖާސޫސް ކުރުމާއި މައުލޫމާތު އެއްކުރުން އާންމު ވެފައިވާ މިޒަމާނުގައި މިކަމުގެ ސަބަބުން ރައްކާތެރިކަން އިތުރު ވާނެ ކަމަށް ތާލިބާނުން ބުނެއެވެ.

އަފްޣާންގެ ބައެއް ސަރަހައްދުތަކުގައި މި އަމުރު ވަރަށް ހަރުކަށިކޮށް ތަންފީޒު ކުރަމުން އެބަދެއެވެ. އެގޮތުން، ޕަންޖްޝީރު ޕްރޮވިންސްގެ ގަވަރުނަރު ވަނީ އެ ޕްރޮވިންސްގެ ހުރިހާ އޮފީހެއްގައި މި އަމުރު ތަންފީޒު ކުރާނެ ކަމަށް އިއުލާނުކުރައްވާފައެވެ.

މި ފިޔަވަޅާ ގުޅިގެން އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން އަންނަނީ ސްމާތް ފޯނާ ނުލައި އިންސާނާއަށް ދިރިއުޅުމުގެ ކަންކަން ހަމަނުޖެއްސޭނެ ކަމަށް ބުނެ ކަންބޮޑުވުންތަކެއް ފާޅުކުރަމުންނެވެ. ސްމާޓްފޯނަކީ ބަނޑަށް ޖެހިފައިވާ އަފްޣާނިސްތާނުގެ އާންމުންނަށް ތައުލީމު ހާސިލުކުރުމަށާއި، ހިނގަމުންދާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތަކާއި ލިޔެކިޔުމަށް އަދި ސެންސަރު ނުކުރާ މައުލޫމާތު ހޯދުމަށް އޮތް މަދު ވަސީލަތްތަކުގެ ތެރެއިން އެއް ވަސީލަތް ކަމަށް އެމީހުން ބުނެއެވެ.

ތާލިބާނުންގެ ތެރޭގައި އައިޓީ މީހުން ގިނަ ނަމަވެސް އަދި އަފްޣާނިސްތާނަކީ އަމއިްލަ އައިޓީ އިންޑަސްޓްރީއެއް އޮންނަ ގައުމަކަށްވިނަމަވެސް މި ނިންމުމަކީ ޓެކްނޮލޮޖީއާ ބީޜައްޓެހި ކަމެއް ކަމަށް ފާޑު ކިޔާ ފަރާތްތަކުން ބުނެއެވެ.

ކުރިން ވެރިކަމަށް އައުމުގެ ކުރިން ސްމާޓްފޯނާއި ސޯޝަލް މީޑިއާ އަކީ ތާލިބާންގެ ޕްރޮޕަގެންޑާ ފެތުރުމަށް ބޭނުންކުރި ހަތިޔާރެެކވެ.

ހިއްސާ ކުރައްވާ!